ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕެޓްރޯލް ޝެޑުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރަން ނިންމައިފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި މުހައްމަދު ގަސަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބަދަލު ގެންނާނީ އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.
މި ބަދަލާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެފްއެސްއެމުން ހުޅުމާލެ ރަށު މާރުކޭޓު ކައިރީގައި ހިންގަމުން އަންނަ ޕެޓްރޯލް ޝެޑުން މިހާރު ހިދުމަތް ދެމުން އަންނަނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 ޖެހުމާއި ހަމައަށެވެ.
ރޯދަ މަހު 24 ގަޑިއިރަށް ހިދުމަތް ދިން ނަމަވެސް ހަވީރު 5:00 - 8:30 އަށް، އަދި ހުކުރު ދުވަސްތަކުގައި ހެނދުނު 10:00 އިން 2:30 އަށް ޝެޑް ބަންދުވާނެއެވެ.
މިހާރު އެ ކުންފުނިން 24 ގަޑިއިރު ހިދުމަތް ދެމުން އަންނަނީ ހަމައެކަނި މާލޭ ސްޓެލްކޯ ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!