އާރުޓީއެލް ފެރީގެ ހދ. ގެ އަގުތައް އާއްމުކޮށްފި، އަގުތައް 65ރ-200ރ. އާ ދެމެދު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑަ ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފޯރުކޮށްދެމުން އަންނަ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) ފެރީގެ ހދ. އަތޮޅުގެ ދަތުރުތަކުގެ އަގުތައް އާންމުކޮށްފިއެވެ. މިދިޔަ ފިތުރު ޢީދު ދުވަހު އެމްޓީސީސީން ދަތުރުތައް ފަށާފައިވާއިރު މެއި 10 އާ ހަމައަށް އެ ކުންފުނިން ދަތުރު ކުރަމުން އައީ ހިލެއެވެ. މިދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިއީ މުހިންމު ދަތުރުތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ. ޕްލޭނިން މިނިސްޓްރީން އާއްމުކޮށްފައިވާ ގޮތުގައި ހދ. އަތޮޅުގެ 13 ރަށް ހިމ...