މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އެންމެ ބޮޑު ބަލްކް ކެރިއާ ބޯޓު، "އެމްއެސްއެސް ކްރޮމް" ރާއްޖެ ގެނެސްފިއެވެ.
މިއަދު އެ ބޯޓު ރާއްޖެ ބަނދަރު ކޮށްފައިވާއިރު އެމްޕީއެލުން ވަނީ ފެނުގެ ސެލިއުޓާއެކު އެ ބޯޓަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް އެމްއެސްއެސްއިން ގަނެފައިވާ ބޯޓެކެވެ.
23 ފަޅުވެރިންނާއެކު އެމްއެސްއެސް ކްރޮމްގެ ފުރަތަމަ ދަތުރުގައި 41500 މެޓްރިކް ޓަނުގެ ހިލައާއި ހިލަވެލި އެތެރެކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ދަތުރުތައް ފެށުމުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެކަމަށް އެ ކުންފުނިން މީގެ ކުރިންވެސް ބުންޏެވެ.
We welcomed the newest addition to the Maldives State Shipping’s growing fleet, the largest Maldivian cargo vessel MSS Chrome, with a water salute as she made her maiden call today at Male' Commercial Harbor.
Warm congratulations on this historic occasion @stateshippingmv pic.twitter.com/T0grQ5b7P8— Maldives Ports Limited (@Portmv) June 7, 2022
މި ބޯޓާއެކު އެމްއެސްއެސްގެ އަމިއްލަ ބޯޓުތަކުގެ އަދަދު ދެއަކަށް އިތުރުވީއެވެ. އެމްއެސްއެސް ގަލޭނާގެ ނަމުގައި ވެސް ބޯޓެއް ދަތުރުކުރެއެވެ.
MSS is proud to announce that largest vessel ever to fly Maldivian flag has safely arrived Male' Port. We thank @Portmv for the warm welcome with the water salute on her maiden call. pic.twitter.com/GrQ2WOSEx5
— Maldives State Shipping (MSS) (@stateshippingmv) June 7, 2022
އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!