މިއަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި ފާހަނގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ.

އެ ކުންފުންޏަށް ވަނީ 3 އެވޯޑެއް ލިބިފައެވެ. މީގެ ތެރޭގައި ކޯވިޑް 19 ގެ ގޮންޖެހުންތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމުގައި އުރީދޫ އިން ފޯރުކޮށްދިން ހިދުމަތްތަކަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާ ގެ ހިދުމަތަށްވެސް އެވޯޑް ލިބުނެވެ.

Ad
rt

އުރީދޫއަށް ލިބުނު އެވޯޑްތައް

• ގޯލްޑް ސްޓީވީ - އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (ކޯވިޑް 19 އާއި ގުޅިގެން ދިމާވެފައިފާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި ހިންގުމަށް އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން ހިދުމަތްތަކަށް)

• ސިލްވަ ސްޓީވީ - އެކްސެލެންސް އިން ކޮންސިއުމަ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ހިދުމަތްތަކަށް)

• ބްރޮންޒް ސްޓީވީ - އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (އެމް-ފައިސާގެ ހިދުމަތްތަކަށް)

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޙާލިދު އަލް ހަމާދީ ވިދާޅުވީ ޑިޖިޓަލް ޚިދުމަތްތަކާއި އީޖާދީ ހައްލުތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ފުރުސަތުތައް ފަހިކޮށްދޭން އުރީދޫން ނެގި އިސްނެގުންތައް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ޕެންޑެމިކްގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، އިހުލާސްތެރިކަމާއި ބުރަ މަސައްކަތުން، އުރީދުގެ ޓީމުން އީޖާދީ ޚިދުމަތްތައް ތަޢާރަފްކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް ޙިދުމަތްތައް ކުރިއަރުވައި ފަސޭހަ ގޮތްތައް ފަހިކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ހިދުމަތްތައް ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކޮށް، މުޅި ކަސްޓަމަ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ހިތްވަރާއި ޝައުޤުވެރިކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ މުޅި ޓީމަށް އަޅުގަނޑު ތަހުނިޔާ އާއި މަރުހަބާ ދަންނަވަން. ކުރިއަށް އޮތް ތަނުގައިވެސް ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތްތައް ކަސްޓަމަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އުރީދޫ ޓީމް ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

ކޯވިޑާއެކު ދިމާވި ގޮންޖެހުންތަކާއެކުވެސް، އުރީދޫ އިން ވަނީ ކަސްޓަމަރުންގެ ބަދަލުވެ އިތުރުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ނެޓްވޯކް އަދި ޓެލެކޮމް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްތަކެއް ކޮށްފައެވެ. އަދި ޓައާ 3 ރެޑީ ޑޭޓާ ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން ރާއްޖެ އާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވާލަދޭ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.

ރާއްޖޭގެ ރައްޔިތުންނާއި އޮންނަ ގާތް ގުޅުން ދަމަހައްޓާ، ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އާއި ދިވެހިން ގުޅުވާލަދީ، އިތުރު ފުރުސަތުތަކާއި އެކު ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވައެވެ.