ފެނަކަ ކޯޕަރޭޝަނުން ށ. މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފިއެވެ.

އެ ކުންފުނިން މި ސިސްޓަމް ހަދިޔާ ކުރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad
rt

މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ސިސްޓަމެކެވެ.

ސައުންޑް ސިސްޓަމް ހަދިޔާ ކުރުމުން މިލަންދޫ ސްކޫލުން ވަނީ ފެނަކައަށް ޝުކުރު އަދާ ކޮށްފައެވެ.

ފެނަކަ ކޯޯޕަރޭޝަނުން އަންނަނީ އެ ކުންފުނިން ހިދުމަތް ދޭ އެކި ރަށްރަށުގައި އިޖުތިމާއީ ޒިންމާގެ ދަށުން މިފަދަ އެހީތައް ދެމުންނެވެ.