މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,049 Stories
2,776 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
Business

އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މި އަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފައިވާ “އެސްއެމްއީ ހަބް” ގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކު ދޫކުރަން ނިންމައި އެ ކިއޯސްކުތަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ހަބުގެ ފުރަތަމަ ފަންގިފިލާއިން ދޫކުރާ ކިއޯސްކުތަކަކީ ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކަމަށެވެ. ބީސީސީން މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއ...

ތަކަންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

ތަކަންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހއ. ތަކަންދޫގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ހަޓެކެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. އާރުޓީއެލް […]

ލ. ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް
Business

ލ. ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

Lލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިޔަށް ދަނީ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތެވެ. މީގެ އިތުރުން، ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތާއި މަގުމަތީ ދުވާރު ހެދުމުގެ މަސައްކަތުގެ 53 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން...

މުފްތީ މެންކުގެ ދަރުހެއް މި މަހުގެ 31 ގައި ހުޅުމާލޭގައި
Raajje

މުފްތީ މެންކުގެ ދަރުހެއް މި މަހުގެ 31 ގައި ހުޅުމާލޭގައި

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް)ގެ ދަރުހެއް ހުޅުމާލޭގައި ބާއްވަން ހައުސިން ޑިވެލޮޕްމަންޓް ކޯޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. ހޯމަ ދުވަހު ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން މުފްތީ މެންކުގެ ދަރުން ބާއްވަން ހަމަޖެހިފައިވަނީ މި މަހު 31ގައެވެ. އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފުއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެ...

އުރީދޫއިން އިސްރަށްވެހިންނަށް ހާއްސަ ޕްލޭނެއް
Business

އުރީދޫއިން އިސްރަށްވެހިންނަށް ހާއްސަ ޕްލޭނެއް

އުރީދޫ މޯލްޑިވްސް އިން އިސް ރަށްވެހިންނަށް ހާއްސަ ޕްލޭނެއް ތައާރަފު ކޮށްފިއެވެ. އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް ތައާރަފު ކުރި މި ޕްލޭންގެ ދަށުން ޑިސްކައުންޓާއި ތަފާތު ފައިދާތައް ކަސްޓަމަަރުންނަށް ލިބިގެންދާނެއެވެ. މި ޕްލޭންގެ ދަށުން ނަގާ ޕްލޭންތަކުން އިސް ރަށްވެހިންނަށް 30 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ. އަދި އާއްމުކޮށް ބޭނުންކޮށް އުޅޭ ސޯޝަލް މީޑިއާ އެޕްލިކޭޝަން ކަމަށްވާ ވައިބާ ބޭނުންކުރުމަށް 2ޖީބީ ހިލޭ ލިބޭނެއެވެ. މީގެ އިތުރުން މި ޕްލޭން އެކްޓިވޭޓް ކުރާ ކަސްޓަމަރުން […]

ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި
Business

ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުން ހަރަދު ކުރާ ގޮތަށް ކުރިއސްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ސިއެރާ ސްޓާ ޖޮއިންޓް ވެންޗާ އާއެވެ. މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ސިއެރާ ކުންފުނީގެ ފަ...

ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި
Business

ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި

ކ. ހިންމަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. 1130 މީހުންފެ އާބާދީ ކުޑަ ރަށް ހިންމަފުއްޓަކީ ލޯކަލް ޓޫރިޒަމް ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ ރަށެކެވެ. ހާއްސަކޮށް އެރަށަކީ ރާޅާއެޅުމަށް ހާއްސަ މަންޒިލެކެވެ. އެހެންކަމުން ގެސްޓް...

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި
Business

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމަންޓް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 1200 […]

މަންދޫ ބަނދަރުގެ މަަސައްކަތް ހަލުވި ކަމާއެކު ކުރިއަށް
Business

މަންދޫ ބަނދަރުގެ މަަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އާ ހާބަ ބޭސިން ފުންކުރުމުގެ މަަސައްކަތުގެ 94 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]

ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި
Business

ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ހިތަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙުމަދު ރަޝީދާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލްއާއި، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރ...

އުރީދޫ އިން ޖަލްބޫޓް މޯލްޑިވްސް އާއެކު ޕާޓްނާޝިޕަކަށް
Business

އުރީދޫ އިން ޖަލްބޫޓް މޯލްޑިވްސް އާއެކު ޕާޓްނާޝިޕަކަށް

ރާއްޖޭގެ މެރިން ސާވިސަސްގައި ކުރިއަރަމުން އަންނަ ޖަލްބޫޓް މޯލްޑިވްސް އާއެކި އުރީދޫ މޯލްޑިވްސް އިން ޕާޓްނާޝިޕެއް ގާއިމް ކޮށްފިއެވެ. މިއީ ޖަލްބޫޓްގެ އުޅަނދުތަކުގައި ދަތުރު ކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު މުވާސަލާތީ ޙިދުމަތްތައް ފަހިކޮށްދީ، ޑިޖިޓަލް ހައްލުތަކާއެކު ޖަލްބޫޓްއިން ފޯރުކޮށްދޭ ޙިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ މަގްސަދުގައި ގާއިމް ކުރި ޕާޓްނަޝިޕެކެވެ. މި ޕާޓްނާޝިޕް އެކުލަވާލާފައިވަނީ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކަސްޓަމަ މުވާސަލާތީ ޙިދުމަތްތައް ހޯދުމުގައި ލ...

ބޮޑެތި އިނާމުތަކާއެކު އެސްޓީއޯއިން “ހޭވައްލާ ތައްޔާރު” ޕްރޮމޯޝަން ފަށައިފި
Business

ބޮޑެތި އިނާމުތަކާއެކު އެސްޓީއޯއިން “ހޭވައްލާ ތައްޔާރު” ޕްރޮމޯޝަން ފަށައިފި

އަންނަ މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށްގެން “ހޭވައްލާ ތައްޔާރު”ގެ ނަމުގައި އެސްޓީއޯއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއަދު ފެށި މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްގެންދާނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓާއެކު ޕީޕަލްސް ޗޮއިސްގައި ގޭމު ކުޅެގެން ވަގުތުން އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އަދ...

ހަވާލުވިތާ ހަފްތާއެއް، ފެނަކައިން އައިސްޕްލާންޓުތައް އޮޕަރޭޓް ކުރަން ފަށައިފި
Business

ހަވާލުވިތާ ހަފްތާއެއް، ފެނަކައިން އައިސްޕްލާންޓުތައް އޮޕަރޭޓް ކުރަން ފަށައިފި

މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރިތާ ހަފުތާއެއްގެ ތެރޭ އައިސްޕްލާންޓުތައް އޮޕަރޭޓުކުރަން ފަށައިފިއެވެ. މިފްކޯ އިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ވަނީ ފެނަކައިގެ ދަށަށް ބަދަލުކޮށްފައެވެ. މި ބަދަލު ގެނައީ މިދިޔަ މަހުގެ 22ގައެވެ. ފެނަކައިން މައުލޫމާތު ދޭ ގޮތުގައި މިހާރު އެކުންފުނިން އޮޕަރޭޓުކުރާ އެ 14 އައިސްޕްލާންޓުގެ ތެރެއިން 12 އައިސްޕްލާންޓަކުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަސްވެރިންނަށް އައިސް ވިއްކަން ވަނީ ފަށާފައެވެ. އެ ކުންފުނިން އައިސް ވި...

އެމަރެލްޑް ކަލެކްޝަނުގެ ދެވަނަ ރިޒޯޓް ރ. އަތޮޅުގައި ހުޅުވައިފި
Business

އެމަރެލްޑް ކަލެކްޝަނުގެ ދެވަނަ ރިޒޯޓް ރ. އަތޮޅުގައި ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު އެމަރެލްޑް ކަލެކްޝަންގެ ދެވަނަ ރިސޯޓް ކަމަށްވާ އެމަރެލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާ ހުޅުވައިފިއެވެ. މި ރިސޯޓް ހުޅުވާފައިވަނީ ރ. އަތޮޅުގައެވެ. މިއީ ފަސް ތަރީގެ ރިސޯޓެކެވެ. އާ ރިސޯޓާއި އެމެރަލްޑްގެ ފުރަތަމަ ރިސޯޓް، އެމަރެލްޑް މޯލްޑިވްސް އާ ދޭތެރޭގައި ލޯންޗުން އެންމެ 20 މިނެޓުން ދަތުރު ކުރެވޭނެއެވެ. އެމަރަލްޑްގެ އާ ރިސޯޓުގައި ކޮންޓެމްޕްރަރީ އަދި އިންޑިޕެންޑެންޓް 50 ވިލާ ހުންނައިރު އިންޓަނޭޝަނަލް ކުޒީން ލިބޭ ހަތަރު ރެސްޓޯރަންޓުވެސް ހުރެއެވެ. އަދި ދެ ބާ […]

ޔޫއޭއީގެ އެއާލައިން، ވިޒް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި
Business

ޔޫއޭއީގެ އެއާލައިން، ވިޒް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި

ޔޫއޭއީގެ އެއާލައިން، ވިޒް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރު ފެށީ އިއްޔެއެވެ. އެ އެއާލައިނުގެ ފުރަތަމަ ފްލައިޓަށް އެއާޕޯޓުން ފެނުގެ ސެލިއުޓާއެކު މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ. ވިޒްއެއާގެ ދަތުރުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ބާއްވާއިރު، ދަތުރުތަކުގެ އަގު ފެށޭނީ ކޮޅަކަށް 97 ޑޮލަރުން (1،495 ރުފިޔާ) އަށެވެ. ދެކޮޅު ޓިކެޓް ނަގާނަމަ 2760 ރުފިޔާއަށެވެ. މިއީ މާލެއިން […]