އުރީދޫ މޯލްޑިވްސް އިން އިސް ރަށްވެހިންނަށް ހާއްސަ ޕްލޭނެއް ތައާރަފު ކޮށްފިއެވެ.

އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް ތައާރަފު ކުރި މި ޕްލޭންގެ ދަށުން ޑިސްކައުންޓާއި ތަފާތު ފައިދާތައް ކަސްޓަމަަރުންނަށް ލިބިގެންދާނެއެވެ.

Ad
rt

މި ޕްލޭންގެ ދަށުން ނަގާ ޕްލޭންތަކުން އިސް ރަށްވެހިންނަށް 30 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ. އަދި އާއްމުކޮށް ބޭނުންކޮށް އުޅޭ ސޯޝަލް މީޑިއާ އެޕްލިކޭޝަން ކަމަށްވާ ވައިބާ ބޭނުންކުރުމަށް 2ޖީބީ ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން މި ޕްލޭން އެކްޓިވޭޓް ކުރާ ކަސްޓަމަރުން ވަގުތުން އުރީދޫގެ ކްލަވް ޕްރިމިއާ ގޯލްޑް މެމްބަރުންނަށް ވާނެއެވެ. މިއާއެކު އެ ކްލަބުގެ މެމްބަރުންނަށް ލިބޭ ފައިދާ އާއި ޑިސްކައުންޓުތައް ވެސް އެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ޕްލޭން އެކްޓިވް ކުރަން ބޭނުންވާ ފަރާތްތަކަށް *60 ޖެހުމަށްފަހު 929 އަށް އެސްއެމްއެސްއެއް ފޮނުވާލުމުން އެކްޓިވޭޓް ކުރެވޭނެއެވެ.

މި ޕްލޭން އެކްޓިވޭޓް ކުރަން އައިޑީ ކާޑު ނަންބަރު ބޭނުންވާނެ ކަމަށް އުރީދޫއިން ބުންޏެވެ.