އަންނަ މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށްގެން “ހޭވައްލާ ތައްޔާރު”ގެ ނަމުގައި އެސްޓީއޯއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްގެންދާނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓާއެކު ޕީޕަލްސް ޗޮއިސްގައި ގޭމު ކުޅެގެން ވަގުތުން އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

އަދި ގަންނަ 50 އިންޗީ (މޮޑެލް 50PUT8115/98)ގެ ފިލިޕްސް ޓީވީއަކާއެކު ސައުންޑްސްޕީކާ ބާ އަކާއި ކޮންމެ ޓީވީއަކާއެކު ބްރެކެޓް ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައު ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަަނެއް ލިބޭނެއެވެ. ލަކީޑްރޯއިން ހޮވޭ މީހުންނަށް އެސްޓީއޯއިން ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ.

ލަކީޑްރޯއިން އެއްވަނައަށްދާ ފަރާތަކަށް އައުފޯން 14 ޕްރޯ މެކްސް ހުށަހަޅާފައިވާއިރު އަދި ދެވަނަ އިނާމުގެ ގޮތުގައި ޕީއެސް 5 އެއް ވީއާރް ހުށަހަޅާފައިވާއިރު ތިންވަނަ އިނާމުގެ ގޮތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15000 ރުފިޔާގެ ގިފްޓް ވައިޗަރެއް ވަނީ ހުށަހަޅައިފައެވެ.

މި ވައުޗާ ބޭނުން ކުރެވޭނީ ގެއާއި ބަދިގޭ ސާމާނު ގަތުމަށެވެ.