ޔޫއޭއީގެ އެއާލައިން، ވިޒް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
އެ އެއާލައިނުން ރާއްޖެއަށް ދަތުރު ފެށީ އިއްޔެއެވެ. އެ އެއާލައިނުގެ ފުރަތަމަ ފްލައިޓަށް އެއާޕޯޓުން ފެނުގެ ސެލިއުޓާއެކު މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ.
ވިޒްއެއާގެ ދަތުރުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ބާއްވާއިރު، ދަތުރުތަކުގެ އަގު ފެށޭނީ ކޮޅަކަށް 97 ޑޮލަރުން (1،495 ރުފިޔާ) އަށެވެ. ދެކޮޅު ޓިކެޓް ނަގާނަމަ 2760 ރުފިޔާއަށެވެ.
މިއީ މާލެއިން ކުޅުދުއްފުށި ސިޓީއަށް މިހާރު ހޭދަ ކުރަން ޖެހޭ އަގާ އެއްވަރުގެ އަގެކެވެ. ޤައުމީ އެއާލައިނުން މާލެއާއި ކުޅުދުއްފުއްޓާ ދެމެދު ދެކޮޅު ޓިކެޓެއްގެ އަގު އުޅެނީ 2724 ރުފިޔާ އަށެވެ.
މިނިސްޓަރު މައުސޫމު ވިދާޅުވީ ވިޒްއެއާގެ ދަތުރުތައް ފެށިގެން ދިއުމަކީ ޓޫރިޒަމަށް ރަނގަޅު ފާލެއް ކަމަށާއި މި އެއާލައިނުގެ ދަތުރުތަކުގެ ސަބަބުން ޓިކެޓު އަގުބޮޑުވުމުގެ ސަބަބުން ރާއްޖެއަށް އޮންނަ ޑިމާންޑަށް އަންނަ ލޮޅުން ކުޑަކުރެވޭނެ ކަމަށެވެ.
މިދިޔަ އަހަރު ޖެނުއަރީ މަހު އޮޕަރޭޓް ކުރަން ފެށި ވިޒްއެއާއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް 321 ނިއޯ އެއާކްރާފްޓެވެ. މިއީ ތެލުގެ ހަރަދު ކުޑަ އަދި ތިމާވެއްޓާ ރައްޓެހި އެއާކްރާފްޓެކެވެ.
ވިޒް އެއާއިން މިހާރު ހަފްތާއަކު ހަތަރު ދުވަހު ރާއްޖެއަަސަ ދަތުރުތައް ބާއްވާއިރު ނޮވެމްވަރުން ފެށިގެން ހަފްތާއަކު ހަ ދުވަހު ދަތުރު ކުރާނެއެވެ. އަދި ޑިސެމްބަރުން ފެށިގެން ކޮންމެ ދުވަހަކު ދަތުރު ކުރަަން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!