ފެނަކައިން އައިސްޕްލާންޓް ބަލަހައްޓާ މުވައްޒަފުން ތަމްރީން ކުރަނީ
ފެނަކަ ކޯޕަރޭޝަނުން ހިންގާ އައިސް ޕްލާންޓުތަކުގެ މުވައްޒަފުން ތަމްރީން ކުރަން ފަށައިފިއެވެ. މިއީ ފެނަކަ އިންސްޓިޓިއުޓް އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. މިއީ ސެޓްފިކެޓް 3 ގެ ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެކެވެ. މި ކޯސް ފަށާފައިވަނީ 14 ނޮވެމްބަރު 2022 ގައެވެ. މި ކޯސް ހިންގުމުގެ މައިގަނޑު މަގުސަދަކީ އައިސް ޕްލާންޓްތަކުގެ ހިދުމަތް މެދުކެނޑުމެއްނެތިވެ ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއެކީ ހިދުމަތް ފޯރުކޮށްދިނުމަށް، ކަމަށް ގާބިލް މުވައްޒަފުނ...