"މޯލްޑިވްސް ޖެޓްސްކީ ޓުއާ 2021 ނޯތު ޓު ސައުތު" ގެނަމުގައި މޯލްޑިވްސް ވޯޓާ ސޮޕޯޓްސްއިން ކުރި ދަތުރުގައި ބައިވެރިވި އެޗްޑީސީގެ ދެ މުވައްޒަފަކަށް، ގޯލްޑް ކޮއިންގެ ނަމުގައި ޓުއަރިޒަމް މިނިސްޓްރީއިން އެވޯޑެއް ދީފިއެވެ.

މިއެވޯޑު ދެއްވީ، އިއްޔެ ޓުއަރިމް މިނިސްޓްރީގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމްއެވެ.

Ad
rt

މި އެވޯޑް ލިބުނު އެޗްޑީސީގެ ދެ ސްޓާފުންނަކީ، ސީއެސްއާރް އިވެންޓް ސްޕެޝަލިސްޓް އަހްމަދު ޝާމިލް އާއި ޕްލޭނިން ޑިޕާޓްމެންޓްގެ ރޯޑް އެންޑް ސޭފްޓީ މެނޭޖަރު އަހްމަދު ސޮފްވާނެވެ.

މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން، ރާއްޖޭގެ އުތުރުން ދެކުނަށް ކުރިދަތުރެކެވެ. މިދަތުރުގައި އޮފިޝަލް ހަ ރައިޑަރުންނާއި ސްޕެއާ ތިން ރައިޑަރުން ބައިވެރިވިއެވެ.

ތުރާކުނުންފެށި މި ދަތުރުގެ ބައިވެރިންވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކޮށްފައެވެ. އަދި ކޮންމެ ރަށަކުން އެރަށެއްގެ ކައުންސިލްއިން ދިން ފިލާއެއްގައި ވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން، ކޮންމެ ރަށަކުން އެރަށެއްގެ ވެލި އަޅާފައިވާ ޓޯކަންއެއް ވަނީ ދަތުރުގެ ބައިވެރިންނަށް އަރުވާފައެވެ. މިއީ ޖެޓްސްކީތަކެއްގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރި ފުރަތަމަފަހަރެވެ.