ހުޅުމާލޭގައި ވޯލްޑްކަޕް ބަލަން “ބޯޅަ’ ފޯރީ” ގެ ނަމުގައި ބޮޑު ސްކްރީން ބަހައްޓަން ތައްޔާރުވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ކުންފުނިން މި ސްކްރީންތައް ފުަރަތަމަ އަދި ދެވަނަ ފިޔަވަހީގައިވެސް ބަހައްޓާނެ ކަމަށެވެ. ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކުގައި މި ސްކްރީން ބަހައްޓާއިރު ދެން ބަހައްޓާނީ ހިޔާ ފްލެޓުތުައް ސަރަހައްދުގައެވެ.

Ad
rt

އެޗްޑީސީން ބުނީ އެ ސްކްރީންތައް ބަހައްޓަނީ ގިނަ ފަރާތްތަކަކާއި ގުޅިގެން ކަމަށެވެ. އިއްޔެ ވަނީ ޕާޓްނަރުންނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައިއެވެ.

މިއީ ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ވޯލްޑްކަޕް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބެހެއްޓޭ ސްކްރީންތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ އެންމެ ފުރިހަމަ ގޮތުގައި އެކަންކަން ފޯރުކޮށްދިނުމަށް ކަމަަށެވެ. އެގޮތުން އާންމުން ބޭނުންވާ ކަންކަން ގާތުން ބަލާ އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.