އުރީދޫ މޯލްޑިވްސް ގެ އެމްފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑަކުން ޕެޓްރޯލް އަޅައިގެން ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫއިން ފެށި މި ޕްރޮމޯޝަނަކީ އެ ކިންފުނިން އެމްފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑުތަކަށް ފައިސާ ދެއްކޭ ހިދުމަތް އިއްޔެ ފެށުމާ ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އަހަރުގެ މެއި 14 އާ ހަމައަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ކިންގްސްޓަން ޝޯރޫމުން ވިއްކާ ސްކޫޕީ ސައިކަލެކެވެ.
އެމްފައިސާއިން ޕެޓްރޯލަށް ފައިސާ ދެއްކުމަށް މިހާރު ވަނީ މާލެއާއި ހުޅުމާލޭގެ އެފްއެސްއެމް ޝެޑުތަކުގައި ކިޔުއާރު ކޯޑުތައް ބަހައްޓާފައެވެ. މި ކޯޑުތައް ސްކޭން ކޮށްގެން އެމްފައިސާ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފައިސާ ދެއްކޭނެއެވެ.
އުރީދޫ އިން ބުނި ގޮތުގައި މި ޚިދުމަތް ތައާރަފު ކުރީ މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ބޭނުމުގައެވެ. އަދި މިއީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ޚިދުމަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!