އާމްދަނީ އިތުރު ކުރުމަށް މިވަގުތު ރާއްޖޭގައި ޓެކްސް ބޮޑު ކުރުމަކީ މުހިންމު ފިޔަވަޅެއް ކަމަަށް ވޯލްޑް ބޭންކުން ރާއްޖެއާއި ލަންކާ އާއި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ވިދާޅުވެއްޖެއެވެ.

އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދިގެ ހާލަތު ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް ޓެކްސް ބޮޑު ކުރުމަކީ ރާއްޖޭގެ އާމްދަނީ އިތުރު ކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ވޯލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރު މިފަދައިން ޓްވީޓު ކުރައްވާފައިވާއިރު ޓެކްސް ބޮޑުކުރުމަށް ގާނުނަށް އިސްލާހު ގެނައުމުގެ ބިލު މިހާރު އޮތީ މަޖިލީހުގައެވެ. މި ބިލާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ބައެއް ފަރާތްތަކުންވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މަޖިލީހުގައި މި ބިލަށް ވޯޓަށް ނާހައި ދެ ދުވަހު ވަނީ މިހާރު ޖަލްސާ ނިންމާލައިފައެވެ. މީގެ ސަބަބުން މެމްބަރުން ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ސަރުކާރުން ހުށަހެޅީ ޖީއެސްޓީ ހަ އިންސައްތައިން އަަށް އިންސައްތައަށް އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށެވެ.