މައި ޚަބަރަށް ދިޔުމަށް

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
287 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

މާރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
Thiladhunmathi News

މާރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މާރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓްރޮފީ ހަވާލުކޮށްފިއެވެ. މި ޤުރުއާން މުބާރާތަކީ މާރަންދޫ ކައުންސިލް ޤުރުއާން މުބާރާތުގެ ނަމުގައި އެ ކައުންސިލުން ކުރިން ބާއްވަމުން އައިސްފައިވާ މުބާރާތެކެވެ. ނަމަވެސް އެ ކައުންސިލުން ވަނީ މިފަހަރު އެ މުބާރާތް ރީބްރޭންޑްކޮށް “މާރަންތަރި ޤުރުއާން މުބާރާތް” ގެ ނަމަށް ބަދަލުކޮށްފައެވެ. މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވާ...

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނީ 5 ޓީމު
Thiladhunmathi News

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނީ 5 ޓީމު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން މުއްދަތު ހަމަވިއިރު، މުބާރާތުގައި ފަސް ޓީމެއް ބައިވެރިވެފައި ވާކަމުގައި ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މި އަހަރުގެ ޑިސެމްބަރ މަހުގެ ދެވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި އޮތީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށ...

ވޯލްޑް ކަޕް: އެންކުންކޫއަށް އަނިޔާވުމުން އެ ފުރުޞަތު މުއާނީއަށް
Sports

ވޯލްޑް ކަޕް: އެންކުންކޫއަށް އަނިޔާވުމުން އެ ފުރުޞަތު މުއާނީއަށް

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސް ޓީމާއިއެކު ފަރިތަކުރަމުން ދަނިކޮށް އަނިޔާވެ އެ ޓީމްގެ ފޯވާޑް ކްރިސްޓޮފަރ އެންކުންކޫއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަޤީން ވުމުން، އެންކުންކޫގެ ބަދަލުގައި ފްރާންސް ސްކޮޑުން ރަންޑަލް ކޯލޯ މުއާނީއަށް ފުރުޞަތު ދީފިއެވެ. ޖަރުމަނު ލީގުގެ ފްރޭންކްފާޓަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ މުއާނީއަކީ މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ މި […]

ނޫމަރާގައި ބާއްވާ އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ނޫމަރާގައި ބާއްވާ އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ނޫމަރާގެ ކަނބަލުންނަށް އަމާޒުކުރެވިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ނޫމަރާ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު […...

ވޯލްޑް ކަޕް: ފްރާންސްގެ ފޯވާޑް އެންކުންކޫއަށް އަނިޔާވެއްޖެ
Sports

ވޯލްޑް ކަޕް: ފްރާންސްގެ ފޯވާޑް އެންކުންކޫއަށް އަނިޔާވެއްޖެ

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސް ޓީމާއިއެކު ފަރިތަކުރަމުން ދަނިކޮށް އަނިޔާވެ އެ ޓީމްގެ ފޯވާޑް ކްރިސްޓޮފަރ އެންކުންކޫއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަޤީން ވެއްޖެއެވެ. ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ އެންކުންކޫއަކީ މިވަގުތު ފްރާންސް ޓީމްގައި އެންމެ ފޯމްގައި ހުރި އެއް ކުޅުންތެރިއާއެވެ. އޭނާ ވަނީ ލައިޕްޒިގް މި ސީޒަންގައި ޖަރުމަނު ލީގުގައި ކުޅުނު 15 މެޗުގައި […]

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހދ. ނޮޅިވަރަންފަރު ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަމްސް ކޭކްސް ގުޅިގެ ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މި ކޯހުގައި ޖުމްލަ 30 ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ޖުމްލަ 24 އައިޓަމެއް ވަނީ […]

ވޯލްޑް ކަޕް: މާނޭއަށް ފުރަތަމަ މެޗުގައި ނުކުޅެވޭނެ
Sports

ވޯލްޑް ކަޕް: މާނޭއަށް ފުރަތަމަ މެޗުގައި ނުކުޅެވޭނެ

އަނިޔާގެ ސަބަބުން މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސެނެގާލް ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމްގެ ކެޕްޓަން ސަޑިއޯ މާނޭއަށް ނުކުޅެވޭނެ ކަމުގައި އެ ޤައުމުގެ ފުޓްބޯޅަ އިދާރާއިން ބުނެފިއެވެ. މާނޭއަށް އަނިޔާވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗުގައެވެ. ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެ މެޗުގެ 15 ވަނަ މިނެޓުގައި […]

ފުނަދޫގައި ކުރިއަށް ގެންދިޔަ "އިސްލާމިކް ސެމިނާ 2022" ނިންމާލައިފި
Thiladhunmathi News

ފުނަދޫގައި ކުރިއަށް ގެންދިޔަ "އިސްލާމިކް ސެމިނާ 2022" ނިންމާލައިފި

ށ.ފުނަދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޖަމިއްޔަތުއް ސަލަފް ގުޅިގެން ފުނަދޫގައި ކުރިއަށް ގެންދިޔަ “އިސްލާމިކް ސެމިނާ 2022” ނިންމާލައިފިއެވެ. މި މަހުގެ ދިވަހަނަ ދުވަހާއި އެގާރަވަނަ ދުވަހު ފުނަދޫގައި ކުރިއަށް ގެންދިޔަ މި ސެމިނާގައި ޖުމަލް ހަތަރު މަޢުލޫއަކަށް ހަތަރު ސެޝަންއެއް ވަނީ ބާއްވާފައެވެ. މިގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުނަދޫ ކައުންސިލް ޖަލްސާ ކުރާ މާލަމުގައި ގެންގޮސްފައި ވަނީ، މުޖުތަމަޢުގައި ޒުވާނުންގެ ދައުރާއި އަމިއްލަ މަސައްކަތުން […]

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް ނަމްބަރަށް (6520043) ގުޅުއްވައި ނުވަތަ އޮންލައިންކޮށް ރަޖިސްޓަރީ ވުމަށެވެ. އޮންލައިންކޮށް ރަޖިސްޓަރީވުމަށް: https://forms.gle/J3z8sp27v4YQjt179 މި މަސައްކަތައް އެދި...

ވޯލްޑް ކަޕް ބަލަން ޔޫތު މިނިސްޓްރީން 100 ޕްރޮޖެކްޓަރ ދޫކުރަނީ
Raajje

ވޯލްޑް ކަޕް ބަލަން ޔޫތު މިނިސްޓްރީން 100 ޕްރޮޖެކްޓަރ ދޫކުރަނީ

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ “ފީފާ ވޯލްޑް ކަޕް 2022” ފުޓްބޯޅަ މުބާރާތް ބެލުމަށް ޕްރޮޖެކްޓަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓްރީން ވިދާޅުވެފައި ވަނީ ވޯލްޑް ކަޕް ބެލުމަށް ޕްރޮޖެކްޓަރ ދޫކުރުމަށް ހަމަޖެހިފައި ވަނީ މަދަނީ ޖަމިއްޔާތަކަށް ކަމާށައި، ނަމަވެސް “ޔޫރޯ 2020” ފުޓްބޯޅަ މުބާރާތް ބެލުމަށް، އެ މިނިސްޓްރިން ޕްރޮޖެކްޓަރ ދޫކުރި އެއްވެސް ޖަމިއްޔާއަކަށް މިފަހަރު ޕްރޮޖެކްޓަރ...

އިތުރު ފީއަކާއިނުލައި ޕީއެސްއެމުން ވޯލްޑް ކަޕް ފެންނާނެ
Raajje

އިތުރު ފީއަކާއިނުލައި ޕީއެސްއެމުން ވޯލްޑް ކަޕް ފެންނާނެ

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ދެއްކުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި ވުމާއިއެކު މި ފަހަރުގެ ވޯލްޑްކަޕްގެ މެޗުތައް ފެންނާނެ ކަމުގައި ޕީއެސްއެމުން ހާމަކޮށްފިއެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރާއްޖެ ހިމެނޭ ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓް ގަނެފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ވަޔާކޮމް18 އިންނެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓީވީގެ ޚިދުމަތް ދެމުން އަންނަ މީޑީނެޓުން ވަނީ އިންޑިއާގެ ވަޔާކޮމް އަތުން ވޯލްޑް ކަޕް […]

ޔުނައިޓެޑް ދޫކޮށް ދިއުމަށް އަންނަނީ މަޖުބޫރު ކުރަމުން: ރޮނާލްޑޯ
Sports

ޔުނައިޓެޑް ދޫކޮށް ދިއުމަށް އަންނަނީ މަޖުބޫރު ކުރަމުން: ރޮނާލްޑޯ

މެނެޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއާއި މެދު އެ ކުލަބުން ބޭއިންސާފުން ކަންކަން ކުރަމުން އަންނަ ކަމަށާއި، އަދި އެ ކުލަބް ދޫކޮށް ދިއުމަށް މަޖުބޫރު ކުރަމުން އަންނަ ކަމުގައި އޭނާ ބުނެފިއެވެ. ޕިއާސް މޯގަންއަށް ދިން ދިގު އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑާއި، އަދި މިވަގުތު ޔުނައިޓެޑްގެ ކޯޗްގެ މަޤާމުގައި ހުރި ޓެން ހާގް އާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. ފާއިތުވި ސީޒަން ޔުނައިޓެޑުން ނިންމާލިއިރު އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ […]

ޔުވެންޓަސް އެނެމް ފަހުން ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް ތިންވަނައަށް
Sports

ޔުވެންޓަސް އެނެމް ފަހުން ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް ތިންވަނައަށް

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ލާޒިއޯ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަން ފަށައިގެން ޔުވެންޓަސްގެ ފަރާތުން ފެނުނީ ދައް ނަތީޖާތަކެކެވެ. އެ ގޮތުން ލީގުގެ ފުރަތަމަ ކޮޅު ގިނަ މެޗުތަކަކުން ބަލިވުމާއި ޗެމްޕިއަންސް ލީގުގައި ވެސް ނަތީޖާތައް ދައްވެ ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ. ނަމަވެސް ފަހަކަށް އައިސް އެ ޓީމުން އަންނަނީ […]

ފަހު ވަގުތު ގަނާޗޯ ކާމިޔާބު ކޮށްދިން ލަނޑުން ފުލަމް އަތުން ޔުނައިޓެޑް މޮޅުވެއްޖެ
Sports

ފަހު ވަގުތު ގަނާޗޯ ކާމިޔާބު ކޮށްދިން ލަނޑުން ފުލަމް އަތުން ޔުނައިޓެޑް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު، ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ފުލަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޔުނައިޓެޑުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ބޯޅަ ހިފައިގެން ފުލަމްގެ އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރުކަނަށް ތިރިތިރިން ބޯޅަ ފޮނުވާލަން […]

މިޑްލް ސްޕޯޓްސް ކުލަބުން ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލް ކުރިމަތީ އަވިން ނިވާވާނެ ތަނެއް ހަދައިފި
Thiladhunmathi News

މިޑްލް ސްޕޯޓްސް ކުލަބުން ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލް ކުރިމަތީ އަވިން ނިވާވާނެ ތަނެއް ހަދައިފި

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންން މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ކައުންސިލް ގުޅިގެން އެ ރަށު ޢާޒީ މުޙައްމަދު ޕްރީސްކޫލް ދޮރުމަތީގައި އަވިނެޓްދަމައި، އަވިން ނިވާވެ ތިބެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން ބުނެފައިވަނީ “ޢާޒީ މުޙައްމަދު ޕްރީސްކޫލް ޝޭޑް ޕްރޮޖެކްޓް” ކުރިއަށް ގެންދިޔުމުގެ މަޤުޞަދަކީ އެ ސްކޫލަށްދާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ސްކޫލުގެ ބޭރުގައި މަޑުކޮށްލައިގެން ތިބޭ ވަގުތުތަކުގައި އަވިން ރައްކާތެރިވެ ތިބެވޭނޭ...