ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންން މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ކައުންސިލް ގުޅިގެން އެ ރަށު ޢާޒީ މުޙައްމަދު ޕްރީސްކޫލް ދޮރުމަތީގައި އަވިނެޓްދަމައި، އަވިން ނިވާވެ ތިބެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިޑްލް ސްޕޯޓްސް ކުލަބުން ބުނެފައިވަނީ "ޢާޒީ މުޙައްމަދު ޕްރީސްކޫލް ޝޭޑް ޕްރޮޖެކްޓް" ކުރިއަށް ގެންދިޔުމުގެ މަޤުޞަދަކީ އެ ސްކޫލަށްދާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ސްކޫލުގެ ބޭރުގައި މަޑުކޮށްލައިގެން ތިބޭ ވަގުތުތަކުގައި އަވިން ރައްކާތެރިވެ ތިބެވޭނޭ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

Ad
rt

މިޑްލް ސްޕޯޓްސް ކުލަބުންވަނީ ޢާޒީ މުޙައްމަދު ޕްރީސްކޫލް ދޮރުމައްޗަށްވާ މަގުގައި، ގިނަ ދުވަހު ހުންނާނޭހެން ދަގަނޑުން ފްރޭމްހަދައި 45 ފޫޓު ސަރަހައްދެއްގައި އަވިނެޓް ދަމާފައެވެ.

މިޑްލް ސްޕޯޓްސް ކުލަބުން ވަނީ މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ދިއްދޫ އާހިއާ ހާޑްވެއަރ އަށާއި ފަސޭހަ ޕޮއިންޓްގެ އިތުރުން އެމްޓީސީސީގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ހައްޤު ޝުކުރު އަދާކޮށްފައެވެ.

ދިއްދޫއަކީ ފާހަގަ ކުރެވެނީ ނިސްބަތުން މަގުތަކުގައި ގަސް މަދު ހޫނު ގަދަ ރަށެއްގެ ގޮތުގައެވެ.

ހއ. އޭއީސީގެ ބެލެނިވެރިންނާއި، ދަރިވަރުންނަށް މިޑްލް ސްޕޯޓްސް ކްލަބްގެ އެހީތެރިކަން

މިޑްލް ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ކޮށްފައި ވަނީ 9 ޖޫން 2016 ގައެވެ. އެ ޖަމިއްޔާއަކީ ދިއްދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ކުޅިވަރާއި ރަށުގެ އިޖްތިމާއީ، ދީނީ އަދި ތައުލީމީ ގޮތުން އެކި ޙަރަކާތް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ. އެ ޖަމިއްޔާގެ 92 މެންބަރުން ހިމެނޭއިރު، އެ ޖަމިއްޔާއަކީ ދިއްދޫއަށް ރީތި ނަން ހޯދައިދިނުމަށާއި ރަށުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.