ށ. ނޫމަރާގެ ކަނބަލުންނަށް އަމާޒުކުރެވިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ނޫމަރާ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުއްވުމަށް ނޫމަރާ ކައުންސިލުން އެދިލައްވައެވެ.
މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ގިނަވެގެން ހިމެނޭނީ 10 ކުޅުންތެރިންނެވެ. އަދި ކޮންމެ ޓީމެއްގައި ދެ އޮފިސަލުން ހިމަނަން ޖެހެއެވެ.
މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ނަމްބަރުތަކަށް ގުޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މަރްޔަމް އާދިލާ - 9663499
ޒުލައިޚާ ޒިޔާދާ - 9943028
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!