މައި ޚަބަރަށް ދިޔުމަށް

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
287 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ދިއްދޫގައި މީހުން ނޫޅޭ ފަޅުގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށްފި
Thiladhunmathi News

ދިއްދޫގައި މީހުން ނޫޅޭ ފަޅުގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށްފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން، މީހުން ދިރިއުޅެމުން ނުދާ ފަޅު ގޯތިތައް ކަނޑައެޅިފައިވާ އުސޫލުގެ މަތީން ސާފުކޮށް ބަލަހައްޓަމުން ނުދާތީ، އެތަންތަން ސާފުކޮށް ބެލެހެއްޓުމަށް ދިއްދޫ ކައުންސިލުން އިލްތިމާސް ކޮށްފި އެވެ. އެ ކައުންސިލުން ވަނީ އެތަންތަން ސާފުކުރުމަށް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ދިއްދޫއިން މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކަކީ، އެ ގޯތ...

އުރުގުއޭ ބަލިކޮށް ޕޯޗުގަލް ދެވަނަބުރަށް
Sports

އުރުގުއޭ ބަލިކޮށް ޕޯޗުގަލް ދެވަނަބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ޕޯޗުގަލްއާއި އުރުގުއޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނ ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޯޗުގަލްއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިރޭގެ މެޗަށް ނުކުތްއިރު ދެ ޓީމްގެ ފުރަތަމަ އެގާރައަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ޕޯޗުގަލް ގާނާއާއި ދެކޮޅަށް ކުޅުނު މެޗުގައި ސެންޓަރ ޑިފެންޑަރގެ މަގާމަށް ކުޅުނު ޑަނީލޯގެ ބަދަލުގައި މިރޭ މެޗުގައި […]

ސްވިޒަލޭންޑް ބަލިކޮށް ބްރެޒިލް ދެވަނަބުރަށް
Sports

ސްވިޒަލޭންޑް ބަލިކޮށް ބްރެޒިލް ދެވަނަބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ބްރެޒިލްއާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ބުރެޒިލް ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ބްރެޒިލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ބްރެޒިލް މިރޭގެ މެޗާއި ކުރިމަތިލީއިރު ފުރަތަމަ އެގާރައަށް ދެ ބަދަލެއް ވަނީ ގެނެސްފައެވެ. ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ނޭމާއަށް އަނިޔާވެފައިވާއިރު، އެ މަގާމަށް އަރުވާފައި ވަނީ ފްރެޑެވެ. އަދި ޑަނީލޯއަށް […]

ކޮރެއާ އަތުން މޮޅުވެ ގާނާއަށް އުންމީދެއް
Sports

ކޮރެއާ އަތުން މޮޅުވެ ގާނާއަށް އުންމީދެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ދެކުނު ކޮރެއާއާއި ގާނާ ބައްދަލުކުރި މެޗު ގާނާއިން ކާމިޔާބުކޮށް، އެ ޓީމުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށް ކުރަމުން އަންނަ އުންމީދަށް ދިރުން ލިބިއްޖެއެވެ. މިރޭ ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ގާނާއިން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ގާނާއިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ގާނާއަށް […]

ބެލްޖިއަމް ބަލިކޮށް މޮރޮކޯއިން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފި
Sports

ބެލްޖިއަމް ބަލިކޮށް މޮރޮކޯއިން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި މިރޭ ބެލްޖިއަމާއި މޮރޮކޯ ބައްދަލުކުރި މެޗު މޮރޮކޯއިން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު އެ ޓީމުން ބޮޑު ކޮށްފިއެވެ. މިރޭ ގަތަރުގެ ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު މޮރޮކޯއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުޞަތު ވަނީ ލިބިފައެވެ. މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލާފައި ވަނީ ބެލްޖިއަމުންނެވެ. މޮރޮކޯގެ އޭރިއާތެރެއިން ބެލްޖިއަމްގެ ފޯވާޑް ބަޓްޝުއާއީއަށް […]

ޑެންމާކް ބަލިކޮށް ފްރާންސް ދެވަނަ ބުރަށް
Sports

ޑެންމާކް ބަލިކޮށް ފްރާންސް ދެވަނަ ބުރަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ޑެންމާކާއި ފްރާންސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ފްރާންސް ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ފްރާންސުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ފްރާންސުންނެވެ. މެޗުގައި ފުރަތަމަ ހަމަލާ ފޮނުވާލާފައި ވަނީ ފްރާންސުންނެވެ. ޑެމްބެލޭ ޑެންމާކްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ރެބިއުޓް ބޮލުން ފޮނުވާލި ނަމަވެސް […]

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ރަށަކުން
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ރަށަކުން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2022” ގައި ހަ ރަށަކުން ބައިވެރިވެއްޖެއެވެ. މި މުބާރާތަކީ ހއ.އަތޮޅުގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ، އެ ރަށެއްގެ މުވައްސަސާއެއް ނުވަތަ މުވައްސަސާތަކުން ތަމްސީލްކުރާ އެއް ޓީމަށެވެ. މި މުބ...

ސައުދީ އަތުން ޕޮލެންޑް މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ
Sports

ސައުދީ އަތުން ޕޮލެންޑް މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ސައުދީ އަރަބިއްޔާއާއި ޕޮލެންޑް ބައްދަލުކުރި މެޗުން، ޕޮލެންޑް މޮޅުވުމުން އެ ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. މިރޭ ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޮލެންޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގެ ދެވަނަ މެޗުތަކާއި ކުރިމަތިލީއިރު ފުރަތަމަ މެޗުން އާޖެންޓީނާ އަތުން ސައުދީން ހޯދި މޮޅާއިއެކު އެ ޓީމް އޮތީ ތާވަލުގެ އެއްވަނާގައެވެ. އެ މޮޅާއިއެކު އާދަޔާ ޚިލާފް ރޫހެއްގައި އޮތް ސައުދީގެ […]

އިންގްލެންޑާއި އެމެރިކާ އެއްވަރުވުމުން ގްރޫޕްގެ ފޯރި ގަދަވެއްޖެ
Sports

އިންގްލެންޑާއި އެމެރިކާ އެއްވަރުވުމުން ގްރޫޕްގެ ފޯރި ގަދަވެއްޖެ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ އިންގްލެންޑާއި އެމެރިކާ ބައްދަލުކުރި މެޗު އެއްވަރުވުމުން އެ ގްރޫޕްގެ ފޯރި އިތުރަށް ގަދަވެއްޖެއެވެ. ރޭ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި އިންގްލެންޑާއި އެމެރިކާ ކުޅުނު މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގައި ކޮނެމް ޓީމަކުން ދެ މެޗު ކުޅެފައިވާއިރު، ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ އިންގްލެންޑެވެ. ދެވަނާގައި ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އިރާން […]

ނެދަލެންޑްސްއާއި އިކުއެޑޯ އެއްވަރުވުމުން ގަތަރަށް މުބާރާތް ނިމިއްޖެ
Sports

ނެދަލެންޑްސްއާއި އިކުއެޑޯ އެއްވަރުވުމުން ގަތަރަށް މުބާރާތް ނިމިއްޖެ

ފީވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ ނެދަލެންޑްސްއާއި އިކުއެޑޯ ބައްދަލުކުރި މެޗު އެއްވަރުވުމުން، މުބާރާތް ބާއްވާ ގަތަރު މުބާރާތުން ކަޓައިފިއެވެ. ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ނެދަލެންޑްސްއާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި ނތީޖާއާއިއެކު މި ގްރޫޕްގައި ކޮނެމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ނެދަލެންޑްސްއަށާއި އިކުއެޑޯއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގެ ޕޮއިންޓް ތާވަލުގެ […]

ގަތަރު ބަލިކޮށް ސެނެގާލް ފުރަތަމަ މޮޅު ހޯދައިފި
Sports

ގަތަރު ބަލިކޮށް ސެނެގާލް ފުރަތަމަ މޮޅު ހޯދައިފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ، މުބާރާތް ބާއްވާ ގަތަރާއި ސެނެގާލް ބައްދަލުކުރި މެޗު ސެނެގާލުން ކާމިޔާބު ކޮށްފިއެވެ. ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ސެނެގާލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުން ބަލިވުމުން މުބާރާތުގައި ކުރިއަށް ދިޔުމުގެ އަމިއްލަ ބާރު ގަތަރަށް ވަނީ ގެއްލިފައެވެ. ގަތަރު ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އިކުއެޑޯ އަތުން 2-0 ގެ ނަތީޖާއިން ބަލިވެފައެވެ. މިރޭ މެޗުން […]

ނޭމާއަށް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭނެ
Sports

ނޭމާއަށް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭނެ

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލްއާއި ސާބިއާ ބައްދަލުކުރި މެޗުގައި ބްރެޒިލްގެ އިތުބާރު ފޯވާޑް ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވުމާއި ގުޅިގެން މިއަދު ހެދި ޓެސްޓުތަކަށް ފަހު، ނޭމާއަށް ބްރެޒިލް މުބާރާތުގައި ދެން ކުޅޭ ދެމެޗުގައި ވެސް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ. ރޭ ސާބިއާއަތުން ބްރެޒިލް 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައި، އުމުރުން 30 އަހަރުގެ ނޭމާއަށް އަނިޔާވެފައި ވަނީ 79 ވަނަ މިނެޓުގައި ނޭމާއަތުން ބޯޅަ […]

ދިއްދޫ އެންމެ އަލިގަދަތަރި ޤްރުއާން މުބާރާތުގައި ބައިރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ދިއްދޫ އެންމެ އަލިގަދަތަރި ޤްރުއާން މުބާރާތުގައި ބައިރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން، އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ހއ.ދިއްދޫ އެންމެ އަލިގަދަތަރި ޤުރްއާން މުބާރާތް 1444” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން ވަނީ “ހއ.ދިއްދޫ އެންމެ އަލިގަދަތަރި ޤްރުއާން މުބާރާތް 1443” ފާއިތުވި އަހަރުގެ ރަމަޟާން މަހުގެ ތެރޭ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ. މިއީ މި މުބާރާތް އެ ކުލަބުގެ ފަރާތުން ބާއްވާ ދެވަނަ ފަހަރެވެ. […]

ނޭމާއަށް އަނިޔާވެއްޖެ
Sports

ނޭމާއަށް އަނިޔާވެއްޖެ

ގަތަރުގައި މިހާރު ކުރިއަސްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލްއާއި ސާބިއާ ބައްދަލުކުރި މެޗުގައި ބްރެޒިލްގެ އިތުބާރު ފޯވާޑް ނޭމާއަށް އަނިޔާ ވެއްޖެއެވެ. ރޭ ސާބިއާއަތުން ބްރެޒިލް 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައި، އުމުރުން 30 އަހަރުގެ ނޭމާއަށް އަނިޔާވެފައި ވަނީ މެޗުގެ 79 ވަނަ މިނެޓުގައި ނޭމާއަތުން ބޯޅަ ހޯދުމަށް ސާބިއާގެ މިލެންކޮވިޗް ކުރި ޓެކުލްއާއި ގުޅިގެންނެވެ. އޭގެ އެއް މިނެޓް ފަހުން ނޭމާ ވަނީ ބަދަލު ކޮށްފައެވެ. ނޭމާ […]

ގާނާ އަތުން ޕޯޗުގީޒުން މޮޅުވިއިރު، ފަސް ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް
Sports

ގާނާ އަތުން ޕޯޗުގީޒުން މޮޅުވިއިރު، ފަސް ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ގާނާއާއި ޕޯޗުގީޒުން ބައްދަލުކުރި މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފިއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ޕޯޗުގަލުން ގާނާގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ދެ ފުރުޞަތެއް ރޮނާލްޑޯއަށް ވަނީ […]