Skip to main content

އިޙްސާން ޙުސައިން

Viewer
🇲🇻 ތިލަދުން Desk
6 Stories
0 Reads

Published on ތިލަދުން (Thiladhun) by އިޙްސާން ޙުސައިން

 48 އަހަރު ކުރިން "ވީނުވީއެއް ނޭނގި" މާލެއިން ގެއްލުނު ވައިކަރަދޫ ސައީދުގެ ވާހަކަ!
Column

 48 އަހަރު ކުރިން "ވީނުވީއެއް ނޭނގި" މާލެއިން ގެއްލުނު ވައިކަރަދޫ ސައީދުގެ ވާހަކަ!

އެއީ މީގެ 48 އަހަރު ކުރިއެވެ. 1974 ވަނައަހަރެވެ. ހދ. ވައިކަރަދޫއަށް އުފަން، ނޫރާނީގެ، ޢަބްދުالله ސައީދު ހުސައިން ވީނުވީއެއް ނޭނގި، ގެއްލުނުއިރު އުމުރަކީ 20 އަހަރެވެ. ޢަބްދުالله ސައީދު ބައްޕަ އަކީ ވައިކަރަދޫ ނައިބު ދޮން ހުސައިން އެވެ. މަންމަ އަކީ އެރަށު ފާތުމަތު އަހްމަދެވެ. މިއީ ކުޑަބެ ގެއްލުނު ވާހަކަ އަޅުގަނޑަށް އިވިފައިވާގޮތަށް ބިނާކޮށް ލިއެފައިވާ ލިއުމެކެވެ. އަޅުގަނޑާއި އެއްބަފާ ކުޑަބެ އަށް، އެ ދުވަހުގެ ޑިއުޓީ ނިންމާފައި ގެއަށް އާދެވުނީ ރޭގަނޑު 7 ޖެހި އިރު […]

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (4)
Thiladhunmathi News

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (4)

ރަށުންފޭބުން: މިއީ ދަނޑަށް ދިޔުމުގެ އެންމެ ފަހުގެ މަރުޙަލާއެވެ. މިކަންކުރަމުންގެންދާނީ ވަކި އުސޫލަކުން ތަރުތީބުކުރެވިގެން ކުރެވޭ ކަމެކެވެ. ރަށްވެރި ދޯންޏަކީ ދަނޑަށް އެރި ހުރިހާ ބައިވެރީންގެ ދޯންޏަކަށްވީހިނދު ހުރިހާ ބައިވެރީން ސާމިލްވާގޮތެއްގައި އެކަން އިންތިޒާމް ހަމަޖެހުމަކީ އެންމެ ބުއްދި ވެރި ގޮތްކަމަށް ވާއިރު އެހުރު މީހާ އެގޮތްތައް ކަނޑައަޅާނީ ގޮވާން ކަޑައި ނިމޭ ގޮތެއްގެ މައްޗަށެވެ. ފުރަތަމަ ނިމޭ މީހާގެ ގޮވާންތައް ގެންދިއުމަށް ފަޅުވެރީން ހަމަޖައްސައިދޭނީ ވަކި ތަރުތީބަކުންނެވެ. ފުރަތަމަ ބުރުގައ...

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (3)
Column

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (3)

ފިޔަފާޅިގެ އެޅުން: ފިޔަފާޅިގެ މިގެއަކީ ދަނޑުން ގޮވާން ކަނޑަން ފަށަންވާއިރަށް ދަނޑުމަތީ އަޅާ ގެއެކެވެ. މި ގެ އެޅުމުގައި ކޮންމެ މީހަކުވެސް ބަލާނީ އެމީހަކު ހެއްދި ގޮވާން ރަށައް ގެންދިއުމުގެ ކުރީން ރައްކާ ކުރެވޭ ވަރުގެ ގެ އެއްގެ ގޮތުގައެވެ. އެ ގޭގައި ހުންނާނީ އެކި ވަރު ވަރުގެ ފައްލަވަ ހަދާފައެވެ. އަދި ގޭގައި ދެމީހަކަށް ނިދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. އެ އީ ވަގުންގެ އަތް ދަށުންނާއި މީދަލުގެ ކިބައިން ހެއްދި ގޮވާން ކޮޅު ރައްކާ […]

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (2)
Thiladhunmathi News

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (2)

ތިލަދުންމަތީގެ އެކިރަށްރަށުގައި އެޒަމާނުގައި ދަނޑުވެރިކަން ކުރަމުންއައީ ދާދި އެއް އުސޫލުތަކާއި ހަމަތަކެއްގެ މަތިންނެވެ. އެގޮތުން ސިލްސިލާގައި ހުށައަޅައިދެވޭތޯ މިބަލަނީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ދަނޑުވެރިން ދަނޑުވެރިކަން ކޮށްފައި ހުރި ގޮތާއި ވައްޓަފާއެވެ. އެހުރުމީހާއާއި (ވެރިމީހާ) ދަނޑުވެރި ދޯނި މިހެން ގޮސް އުޅޭ އުޅުމުގައި ކޮންމެ ރަށެއްގައިވެސް އިސްމީހަކު ހުރެއެވެ. އޭނާއަށް ކިޔަނީ ” އެހުރު ” މީހާއެވެ. ނުވަތަ ކަންވެރިމީހާއެވެ. މީނާގެ ކިބައިގާ އިމާމުވެ ނަމާދުކޮށް ދީނީ ފަރުޞު އަދާކުރެވޭ މިނ...

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (1)
Column

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (1)

މާޒީއާއި ޝަޤާފަތަކީ ކޮންމެ ތަނެއްގައިވެސް ނިމި ގޮސް ފައިވާ ކަމެއްގެ ވާހަކައެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. ނިމިގޮސްފައެވެ. އެކަމެއް ފަހުން އަންނަ ޖީލަކަށް ނުވަތަ ދިރި ތިބި ބަޔަކަށް އޮޅުން ފިލުވައިދިނުމަކީ ރަގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މާޒީގެ ތެރެއިން މިބަލައިލަނީ ތިލަދުންމަތީ ގައި ދަނޑުވެރިކަން ކުރުމަށް ގެންގުޅެފައިވާ ވައްޓަފާޅިއާއި އާދަތަކަށެވެ. އެގޮތުން ތިލަދުންމަތި ފާހަގަވެގެން ގޮސްފައިވަނީ ދަނޑުހެއްދުމުގައި ފާހަގަކޮށްލެވޭ ބަޔަކު ދިރިއުޅެމުން އައި ހިސާބެއްގެ ގޮތުގައެވެ. ތިލަދު...

51 އަހަރު ކުރިން ވައިކަރަދޫގައި ހަނޑުލާއި ހަކުރު ހެއްދުން
Thiladhunmathi News

51 އަހަރު ކުރިން ވައިކަރަދޫގައި ހަނޑުލާއި ހަކުރު ހެއްދުން

ދަނޑުވެރިކަމަކީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައިވެސް ކުރަމުން އަންނަ މަސައްކަތެކެވެ. މި މަސައްކަތް އެކި ރަށްތަކުގައި ކުރަމުންގެންދަނީ ތަފާތުގޮތްގޮތަށެވެ. މިގޮތުން ދަނޑުވެރީން ހައްދައި ލިބޭ ތަކެތި އެހެން ފަރާތްތަކައް ފޯރުކޮށްދެވޭ މިންވަރަކަށް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް މަދުންނަމަވެސް މާލޭ މާރުކޭޓުން ފަތްކޭލާއި ކުކުޅު ހާލާއި ދާއިމީގޮތެއްގައި ލިބެން ހުންނަތަން ފެނެއެވެ. ދަނޑުވެރިކަން އެކަށީގެންވާ ގޮތެއްގައި ނުކުރެވޭ ސަބަބަކީ މި މަސައްކަތަކީ ހަމައެކަނި ހުޅަނގު މޫސުމުގައި ކުރެވޭ މަސައްކަތަކަށް އ...