ކޮވިޑް-19 އާ ގުޅިގެން ގައުމު މި ހާލަތަށް ވެއްޓުނީ ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެގެން އުޅުމުން ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ޓޫރިޒަމް އިންޑަސްޓްރީ އަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. ފަތުރުވެރިން ރާއްޖެ އަށް އައުން މަނާ ކުރުމުގެ ސަބަބުން ގިނަ ރިސޯޓުތަކެއް ވަނީ ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދަނީ ނުހަނުބޮޑު ގެއްލުންތަކެއް ލިބެމުންނެވެ.

Ad
rt

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރާއީ ވިދާޅުވީ ގައުމު ހިންގުމުގައި ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާ އަށް ބަރޯސާވުމުގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމަށް ބަރޯސާ ވާންޖެހޭ ކަމަށެވެ. އެގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ އަށް ނުކުންނަ ޒުވާނުން ވެސް މި ފަހަކަށްއައިސް އިތުރުވެފައި ކަމަށް ރާއީ ވިދާޅުވިއެވެ.އަދި މިއާއެކު މިވަގުތަކީ ޓޫރިޒަމް އިންޑަސްޓްރީގެ ވެރިންގެ އެހީ ގައުމަށް ބޭނުންވާ ވަގުތު ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެނަށް އެބަ ފެނޭ އިއްޔެ އާއި މިއަދާއި މި ވާހަކަތައް މަޖިލީހުގެ ބައެއް މެންބަރުން ދައްކަން ފެށި ހިސާބުން ބައެއް ރިސޯޓުތަކުން މުސާރަދީ ކަންތައްތައް ކޮށްދީ ހަދާ ތަން. ރިސޯޓުތަކުގަ މަސައްކަތް ކުރައްވާ ބޭފުޅުން ދެން އެނބުރި ގޮވާލީމަ އެކަންއުންޓަށް ވެސް ތިން މަސް ދުވަހުގެ މުސާރަ ލާފަ އެ ގެރެންޓީ ލިބޭނެ ގޮތަށް އެކަން ކުރުން މުހިންމު،

ރާއި ވިދާޅުވިއެވެ.

ދުވަހުން ދުވަހަށް މުސާރަ ދޭނެ ގޮތްތައް ރިސޯޓުތަކުގެ ވެރިންގެ ނެތުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށާއި މިފަދަ ގޮތްތަކަށް އަަމަލުކުރި ރިސޯޓްތައް ކުށްވެރި ކުރައްވާ ރާއީ ވިދާޅުވީ އެއްވެސް ބައެއްގެ ހައްގު ގެއްލޭ ގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެކިމަށެވެ.

ގައުމު މިއަދު މިފަދަ ހާލަތަށް ވެއްޓޭ އިރުގައި ކޮޅަށް ނަގަން ތިބޭ ބަޔަކީ ދަނޑުވެރިންނާއި، މަސްވެރިން ކަމަށާއި އެމީހުންނަށް އެހީވާން ޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ. އަދި މި ވަގުތަކީ ގައުމު އެހެން މިސްރާބަކަށް ދިއްލާލަންވީ ވަގުތު ކަމަށާއި ރާއްޖޭގައި ރަންބިސް އަޅާ ކުކުޅުގެ ގޮތުގައި އޮތް ޓޫރިޒަމްއަށް ހަމައެކަނި ބެލެން ނެތް ކަމަށެވެ.