ރަށާއި ރަށުން ބޭރުގައި ދިރިއުޅޭ ވައިކަރަދޫ ރައްޔިތުންގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން އިޖްތިމާޢީ އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި މުސާރައަށް ބަދަލު ގެންނަ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހދ. ވައިކަރަދޫ ކައުންސިލް އިން ފަށައިފި އެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ބައެއް ރިސޯޓްތަކުންނާއި އަމިއްލަ އެކިއެކި ކުންފުނިތަކުން ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް މުވައްޒަފުންނާމެދު އަމަލުކުރަމުންދާކަމުގެ ޚަބަރުތައް ފެތުރެމުންދާތީ، އެފަދަ ފިޔަވަޅުތައް އެޅިފައިވާ ވައިކަރަދޫ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް، ކަމާ ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ޙައްލު ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ކައުންސިލްގެ ރައީސް އަހްމަދު ނަސީމް ސޮއިކުރައްވާ ކައުންސިލުން ނެރުއްވި އިއުލާނުގައި ވެއެވެ.

Ad
rt

ރިސޯޓްތަކާއި އަމިއްލަ އެކިއެކި ކުންފުނިތަކުގައި ވަޒީފާއަދާކުރަމުންދާ ވައިކަރަދޫ ރައްޔިތުން ވަޒީފާގެ މަޢުލޫމާތު މިލިންކުގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ހިއްސާކޮށްދެއްވުން އެކައުންސިލުން އެދެއެވެ.

ހަމައެޔާއެކު ކޮވިޑް-19އާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ
ފަރާތްކާއި، ވަޒީފާގެ ރޭންކް ދަށްކޮށްފައިވާ ފަރާތްތަކާއި، ވަޒީފާގެ މުސާރައަށް ބަދަލު އައިސްފައިވާ ފަރާތްތަކާއި، އެއްވެސް އިނާޔަތެއް ނުލިބޭ ގޮތަށް މުސާރަ ނުލިބޭ ޗުއްޓީގައި ފޮނުވާލައިފައިވާ ފަރާތްތައްވެސް އެކަމުގެ މަޢުލޫމާތު
މިފޯމު މެދުވެރިކޮށް ހިއްސާ ކުރެވޭނެކަމަށް ކައުންސިލުން ބުނެއެވެ.

އޮންލައިން ފޯމް