މާލެ ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވާ މީހަކު ހައްޔަރުކޮށްފި.

ބާރު ސްޕީޑްގައި ސައިކަލް ދުއްވި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

Ad
rt

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މާލޭގެ މަގުތަކުގައި ދުއްވާ މީހުންނަށް ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަން ފުލުހުންގެ އަހަރީ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ 19 އަހަރުގެ މި ޒުވާނާ ހައްޔަރުކޮށްފައިވަނީ މިއަދު 06:12 އެހާކަންހާއިރު މާލޭގެ އެކި މަގުތަކުގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފޭދޭ ގޮތަށް ބާރު ސްޕީޑްގައި ނުރައްކާތެރި ގޮތަކަށް ސައިކަލް ދުއްވަމުން ދަނިކޮށްކަމަށެވެ.

މި ޒުވާނާއަކީ ފިރިހެނެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އަމީނީމަގު ޕޮލިސް ސްޓޭޝަން ކުރިމަތިން ހުއްޓުވުމަށްފަހުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ވަނީ 15 ދުވަހުގެ މުއްދަތެއްގައި ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މާލެ ތެރޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވުމަކީ ވަރަށް ގިނައިން ފެންނަކަމެކެވެ. އަދި ބައެއް ސަލާމަތީ ބާރުތަކާއި އެމްބިއުލާންސް ތަކުގައި ބޭނުންކުރާ ސައިރަން އަޅަމުން ދުއްވާ ފަރާތަށްވެސް ފެނެއެވެ.އަދި ސައިލެންސަރު ބަދަލުކޮށް އަޑު ގަދަވާ ގޮތައް ދުއްވާ ސައިކަލްތައް ހޯދާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.