Skip to main content

ޢަބްދުﷲ ސަޢީދު

Contributor
🇲🇻 ތިލަދުން Desk
243 Stories
30 Reads

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

Published on ތިލަދުން (Thiladhun) by ޢަބްދުﷲ ސަޢީދު

ދޮންބަންޑާރައިންނަކީ "ހުރަވީ" އެއްތޯ ކުރެވޭ ބަހުސް
Column

ދޮންބަންޑާރައިންނަކީ "ހުރަވީ" އެއްތޯ ކުރެވޭ ބަހުސް

ހުރަވީ ދުވަސް ނިޞްބަތްވާ ޤައުމީ ބަޠަލަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1 ވަނަ) އެވެ. އެއީ “ދޮންބަންޑާރައިން” ނެވެ. ހޮޅީން ނުވަތަ މަލަބާރީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވިއިރު އެއީ “މުލީގޭ ދޮން ޙަސަން މަނިކުފާނު” އެވެ. ސުވާލަކީ އެމަނިކުފާނަށް “ހުރަވީ”ގެ ލަގަބު މަތިކޮށް އެމަނިކުފާނު އިސްވެ ހުންވައި ޤައުމަށް ހޯއްދަވައި ދެއްނި ނަޞްރާއި ފަތަޙައިގެ ޒިކުރާ ފާހަގަކުރާ ދުވަހަކަށް “ހުރަވީ ދުވަސް” ކިޔަނީ ކީއްވެގެންތޯއެވެ؟ ހުރަވީއާއި ދޮންބަންޑާރައިންނާ އޮތީ ކޮން ގުޅުމެއްތޯއެވެ؟ ދޮންބަންޑާރަ...

މަނަދޫ ބޮޑު މަސް ރައިވަރު
Column

މަނަދޫ ބޮޑު މަސް ރައިވަރު

މަނަދޫން ވަދާ ދިޔަ ބަޔަކަށް ފެނުނު ވަރަށް ބޮޑު މާވަހަރު ބޮޑުމަހެކެވެ. އެއީ 1960 ގެ އަހަރުތަކުގެ ކުރީކޮޅެވެ. އެ މަސް މަރުވެގެން ފެންމައްޗަށް އަރާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ މާފަ (އަޅުގަނޑުގެ މަންމަ ފަރާތު ކާފަ) ނ. މަނަދޫ، މާލްރޯޑް އިބްރާހީމް ޙަސަނަށެވެ. ކާފައާއެކު އެ ދުވަހު ވަދާ ދިޔައީ މަނަދޫ ރައިމާގޭ ޢަލިބެ (ރާގޭ އަލިބެ) އާއި މަނަދޫ ނޫވިލު ޙަސަން އިބްރާހީމް (އަޅުގަނޑުގެ މަންމަ ފަރާތުގެ ބޮޑު ބޭބެ) އެވެ. އޭރު […]

އޮމިކްރޯން ވޭރިއަންޓައް ނަޒަރެއް!
Column

އޮމިކްރޯން ވޭރިއަންޓައް ނަޒަރެއް!

އޮމިކްރޯން ވޭރިއަންޓަކީ ކޮވިޑް-19ގައި ފެންނަމުންދާ ތަފާތު ވޭރިއަންޓްތަކުގެ ތެރެއިން އެންމެ ފަހުން ރިޕޯޓްކުރި ވޭރިއަންޓެވެ. މި ވޭރިއަންޓް ދިވެހިރާއްޖެއިން ވެސް ފެނިއްޖެކަމަށް 05 ޑިސެންބަރު 2021 ގައި ހެލްތު ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ) ވަނީ ވިދާޅުވެފައެވެ. އެއީ ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިއެއްގެ ކިބައިންނެވެ. އޮމިކްރޯން މިނަކީ 2021 ނޮވެންބަރު 25 ވަނަ ދުވަހު ދެކުނު އެފްރިކާއިން ފެނުނު އާ ވޭރިއަންޓަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދީފައިވާ ނަމެވެ. އިލްމީ ގޮތުން މި ވޭރިއަ...

ގޭސްފުޅި ގޮވުމާއި އޭގެ ހައްލު
Column

ގޭސްފުޅި ގޮވުމާއި އޭގެ ހައްލު

ގޭސްފުޅި ގޮވާ ވާހަކައާއި ގޭސްފުޅި ގޮވައިގެން މީހުންނަށާއި ގޯތިގެދޮރަށް ބޮޑެތި ގެއްލުންތައްވާ ވާހަކަ އަޑުއިވެއެވެ. އެކަމަކު ގޭގޭގައި އާންމުކޮށް ދިމާވާ މިފަދަ ގިނަ ހާދިސާތަކުގައި ގޭސްފުޅިއެއް ނުގޮވައެވެ. އެއީ ގޭސް ލީކުވެފައި ހުއްޓައި އުނދުން ޖެއްސުމުން ނުވަތަ އަލިފާން ކެނޑޭ ސުވިޗެއް ކަހަލަ އެއްޗެއް ޖެއްސުމުން ހިނގާ ބިރުވެރި އަދި އެހާމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެކެވެ. ގޭތެރެއަށް ގޭސް ލީކުވެފައި ހުއްޓައި އަލިފާން ކަންޏެއް އެޅުމުން (ސްޕާކެއް ވުމުން) ގޭހުގައި އަލިފާން ހިފައެވެ. އެވަގުތުގެ ނުރައް...

ރަސްގެފާނާއި ހަކީމު: މައްސަލަ ހައްލުކުރާކަށް ނުވާނެއެވެ.
Column

ރަސްގެފާނާއި ހަކީމު: މައްސަލަ ހައްލުކުރާކަށް ނުވާނެއެވެ.

އެއްސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. އެ ރަސްގެފާނުގެ ޚާއްޞަ ހަކީމަކު (ޑޮކްޓަރަކު) ހުރެއެވެ. އާލާސްކަންފުޅެއް ޖެހިއްޖެނަމަ މުޅީން ވެސް ބޭސްފަރުވާ ކުރައްވަނީ މި ދެންނެވި ހަކީމެވެ. އެކަމަށް ވަރަށް ބޮޑު އުޖޫރައެއް ދެއްވައެވެ. ރަސްގެފާނުގެ އިސްތަށިފުޅުގައި ރިއްސާތީ މި ދެންނެވި ހަކީމު ބޭސްފަރުވާ ކުރާތާ އެތައް ދުވަހެކެވެ. މުޅީން ފަސޭހަފުޅެއް ނުވެއެވެ. މިހެން މިކަން ދަނިކޮށް އެއް ދުވަހަކު ރަސްގެފާނުގެ އިސްތަށިފުޅުގެ އާލާސްކަންފުޅު މާބޮޑުވެގެން އަނެއްކާ ވެސް ހަކީމު ބަލައި ފޮނުއްވިއެވެ. އެ ދުވަހު ހަކީމ...

ޤައުމީ ސަލާމާއި ޤައުމީ ސަލާމުގެ މާނަ
Column

ޤައުމީ ސަލާމާއި ޤައުމީ ސަލާމުގެ މާނަ

ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ފުރަތަމަ އިވިގެން ދިޔައީ 1946 ފެބުރުވަރީ 3 ވަނަ ދުވަހުއެވެ. އެއީ 1 ރަބީޢުލްއައްވަލް 1365 ގައި ދިވެހިރާއްޖޭގައި ފާހަގަކުރި ފުރަތަމަ ޤައުމީ ދުވަހުގެ ޖަލްސާގައެވެ. އިހުޒަމާނުގައި ބެރުދުންމާރި ތާޅަފިލީގައި ރަސްމީ ކަންތައްތަކުގައި ބޭނުންކުރާ “ސަލާމަތީ”އޭ ކިޔާ ލަވައެއް އޮތެވެ. އެކަމަކު ފުރަތަމަ ފާހަގަކުރި ޤައުމީ ދުވަހުގެ ކުރިން ޤައުމީ ސަލާމެއްގެ ގޮތުގައި ކިޔާ ވަކި ޚާއްޞަ ޅެމެއް ނުވަތަ ނަޝީދެއް ނެތެވެ. ދިވެހީންގެ ކީރިތިކަމާއި މޫރިތިކަން ހާމަކޮށްދޭ ތަރާނާއެއް ނެތެވެ. ޤައުމީ...

ރައީސް ޞާލިޙު އދ.ގައި ދެއްވި ތަޤުރީރުގައިވާ މައުނަވީ އަސަރު
Column

ރައީސް ޞާލިޙު އދ.ގައި ދެއްވި ތަޤުރީރުގައިވާ މައުނަވީ އަސަރު

ފުރަތަމަ ވަޑައިގެންނެވީ ތާރީޚުގެ ތެރެއަށެވެ. މީގެ 56 އަހަރު ކުރިއަށެވެ. ދިވެހީންނަށް މިނިވަންކަން ލިބުނު ލިބުމާއެކު އދ.ގެ މެންބަރަކަށް ވާން އުޅުނު ދުވަސްވަރަށެވެ. އެ ދުވަސްވަރު ރައީސް ސިފަކުރެއްވީ އިސްތިޢުމާރީ ބާރުތައް ލޫދެމުން، ޤައުމުތައް ވީއްލި މިނިވަންވަމުންދިޔަ ދުވަސްވަރެއްގެ ގޮތުގައެވެ. އަމިއްލަ ހިތްވަރާއި މިންނަތުން ބައްރުތައް ހިންދެމިލައި، އެތަކެއް ޤައުމު އަލަށް އުފަންކުރުވި ރަންޒަމާނެއްގެ ގޮތުގައެވެ. ތަހުޒީބާއި ތަމައްދުންގެ އެދުމުގައި، އިންސާނިއްޔަތު ހަށިފޮޅާލި ޒަމާނެއްގެ ގޮތުގައެވެ. ރައ...

ފަނޑުވުމެއްނެތް ޤައުމީ ރަންއަޑު
Column

ފަނޑުވުމެއްނެތް ޤައުމީ ރަންއަޑު

“ޤައުމަށް އައި މިނިވަން ނޫރާނީ”ގެ އަޑެވެ. “ޖޯޝޭ ގެނައި މީ ޤައުމީ އުފާ” ގެ އަޑެވެ. އެއީ “އޯ ވަޒަނެ މީ ލޯބީ”ގެ އަޑެވެ. “ފަޚުރުވެރި ދިވެހީންގެ ޤައުމީ ރޫޙު އާލާކޮށްލަމާ”ހޭ ވިދާޅުވި ހިތްގައިމު ރަން އަޑުގެ ވެރިޔާއެވެ. އެއީ ނ. ހޮޅުދޫއަށް އުފަން މަޝްހޫރު ޢަބްދުﷲ ޙަސަނެވެ. ހޮޅުދޫ ޢަބްދުﷲއެވެ. މިއަދު މި ޤައުމީ ޚިދުމަތްތެރިޔާ އޮންނެވީ އާލާސްކަންފުޅާއެވެ. އެދެނީ ﷲގެ ރަޙުމަތުން ލުއި ފަސޭހަކަމާއި އަވަސް ޝިފާއަކަށެވެ. އާދޭހެވެ. އެ ހާލުކޮޅުގައި އޮންނަވާތާ އެތައް […]

ބޮޑުތަކުރުފާނު ކުރެއްވި ވަޒީރުކަން
Thiladhunmathi News

ބޮޑުތަކުރުފާނު ކުރެއްވި ވަޒީރުކަން

މިއީ، ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ރާއްޖޭގައި ކުރެއްވި ވަޒީރުކަމުގެ ވާހަކައެވެ. ބައެއް މީހުން ބުނާ އަޑު އިވެއެވެ. ޣާޒީ ރަދުން ރާއްޖޭގައި ރަސްކަމެއް ނުކުރައްވައެވެ. ކުރެއްވީ ވަޒީރުކަމެކެވެ. ތެދެކެވެ. އުތީމު މަހާރަދުން ވަޒީރުކަން ކުރެއްވި ކަމަށް ދެންނެވިދާނެއެވެ. އެކަމަކު އެރަދުން ޚަޠީބުކަމާއި ރަސްކަން ވެސް ކުރެއްވިއެވެ. އެއީ ނުކުރައްވާ ކަންތައްތައް ކަމަކަށް ނުހެދޭނެއެވެ. އުތީމު ޚަތީބު މުޙައްމަދު ތަކުރުފާނާއި އެ މަނިކުފާނުގެ...

ހާބުބޭ ޓީޗަރު: ނ. އަތޮޅު މަދަރުސާގެ ސްކައުޓް "ބާނީ"
Column

ހާބުބޭ ޓީޗަރު: ނ. އަތޮޅު މަދަރުސާގެ ސްކައުޓް "ބާނީ"

ހާބުބޭ ޓީޗަރަކީ ނ. އަތޮޅު މަދަރުސާގެ ސްކައުޓް އުފެއްދެވި “ބާނީ”އެވެ. ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން 12 ވަނައަށް ނ. އަތޮޅު މަދަރުސާގައި ސްކައުޓް އުފައްދަވައި ރާއްޖޭގައި ފުރަތަމަ ބޭއްވި ސްކައުޓް ޖަމްބޮރީގައި ނ. އަތޮޅު މަދަރުސާ ތަމްސީލު ކުރެއްވިއެވެ. އެއީ 1986 ވަނަ އަހަރެވެ. ހާބުބެއަށް ފަހު އަދިއަދަށް ދާން ދެން ވެސް އެ ހަރަކާތް އެ ސްކޫލުގައި ހިންގިފައެއް ނުވެއެވެ. އެތައްއެތައް ސަބަބެއް ވާނެއެވެ. އެ ހުރިހާ ސަބަބެއް، މީހުންނާއި ވަސީލަތްތައް މާ މަދު ދުވަސްވަރެއްގައި […]

ހުޅުމާލެ ގެނބޭ ސަރަޙައްދު!
Column

ހުޅުމާލެ ގެނބޭ ސަރަޙައްދު!

ހޮނިހިރު ދުވަހެކެވެ. ތާރީޚަކީ 22 އޮގަސްޓް 2021 އެވެ. ހުޅުމާލެ ފަތާ ޓްރެކް އޮންނަ ސަރަޙައްދަށް މޫދަށް އެރެން ދެވުނު އިރު ހަވީރު ހައެއް ޖަހަން އޮތީ ފަނަރަވަރަކަށް މިނިޓެވެ. ދިޔައީ އެއް ގޮތަކަށް ވެސް މޫދަށް އެރޭ ހިތަކުން ނޫނެވެ. އަޅުގަނޑުގެ ހަގު ދަރިފުޅު އީފާ ކައިރި އެ ދުވަހު މޫދަށް ގެންދާނަމޭ ބުނެވިފައި އޮތީމާ ދިޔައީއެވެ. އެ ދުވަހު ކަންތައްތައް ދިމާވިގޮތުން އެހެން ވަގުތެއް މޫދަށް އެރެން ހުސް ނުކުރެވުނީއެވެ. މޫދަށް އެރެން ދިޔައިރު […]

ދިވެހިރާއްޖެ، އިނގިރޭސިންގެ "ހިމާޔަތު"ގެ ދަށުން މިނިވަންކަމަށް ކުރި ދަތުރު
Column

ދިވެހިރާއްޖެ، އިނގިރޭސިންގެ "ހިމާޔަތު"ގެ ދަށުން މިނިވަންކަމަށް ކުރި ދަތުރު

ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައީ 1887 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއަށް އިނގިރޭސިންގެ އަތްދަށުން ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެދެމެދުގައި ވަރަށް މުހިންމު ހާދިސާތަކެއްވަނީ ހިނގާފައެވެ. ކުރުގޮތަކަށް އޭގެތެރެއިން ބައެއް މުހިންމު ކަންތައްތަކަށް ބަލާލާނަމެވެ. 16 ޑިސެމްބަރު 1887: އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިއުން އިނގިރޭސިންގެ ބާރުގެ ދަށަށް ރާއްޖެ ދިޔަ “ހިމާޔަތުގެ” ސިޓީގައި ރާއްޖޭގެ ފ...

Column

ކުލަބު ހައުސް - ކިހިނެއްތޯ؟

ދިވެހިރާއްޖޭގައި ހުރި އިޖުތިމާޢީ މައްސަލަތަކާ ބެހޭ ގޮތުން އެކިއެކި ބޭފުޅުން ވާހަކަ ދައްކަވާތާ އެތައް އަހަރެކެވެ. ޓީވީ ތަކާއި ރޭޑިޔޯ ޕްރޮގްރާމު ތަކުގައިވެސް އެކަން ކުރެއެވެ. އަދި އާންމު ރައްޔިތުންނަށް ބައިވެރިވެލައި ޝުޢޫރެއް ހިއްސާކޮށްލުމުގެ ފުރުސަތު ބައެއް ފަހަރު ލިބެއެވެ. އެކަމަކު އޮންނަނީ ދައްކަން ބޭނުންވާ ވާހަކަ ނުދެއްކިފައެވެ. ވަގުތު ވެސް ނޯންނަނީއެވެ. ފުރުސަތުތައް ވެސް މަދީއެވެ. ވާހަކަ ދައްކާލަން ބޭނުންވާ ރާގާއި ބަހުރުވައިން ވާހަކަ ނުދެއްކޭތީ ވެސް އެ މަންސަތައް ކަމަކު ނުދެއެވެ. އެ ހުރިހާ […...

ރަސްކަމެއް އިންޤިލާބު ކޮށްލެއްވުމަށް، ކުރީގެ ދެ ރަސްކަލަކު މަނަދޫއިން ފެއްޓެވި ދަތުރުފުޅު!
Column

ރަސްކަމެއް އިންޤިލާބު ކޮށްލެއްވުމަށް، ކުރީގެ ދެ ރަސްކަލަކު މަނަދޫއިން ފެއްޓެވި ދަތުރުފުޅު!

އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ސިރީ ކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުން ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީސް، ހިޖުރައިން 1116 ވަނަ އަހަރުގެ ރަމަޟާންމަހު (ޖަނަވަރީ 1705)،ގެ ތެރޭގައި އޭގެކުރީގައި ރަސްކަންކުރައްވާފައިވާ އިސްދޫ ދަރިކޮޅުގެ އައްސުލްޠާން ޙަސަން (ދިހަވަނަ) އާއި އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނާ ދެ ބޭފުޅުން ނަވެއްގައި އިންޑިއާގެ ސޫރަތުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް ވަޑައިގެންނެވިއެވެ. އެ ދެ ބޭފުުޅުން މަސައްކަތް ކ...

ކަލާފާނާއި ހަތްކޮޅުތަކާ އޮތް ގުޅުން
Column

ކަލާފާނާއި ހަތްކޮޅުތަކާ އޮތް ގުޅުން

ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު، 02 ޖުލައި 1948 (24 ޝައުބާން 1367) ވީ ހުކުރު ދުވަހު އދ. ހަންޏާމީދޫއަށް ވަޑައިގަތެވެ. ފުރަތަމަ ވެސް ވަޑައިގަތީ އެރަށުގައި ހުންނަ ކަލާފާނުގެ ޒިޔާރަތަށެވެ. އެ ޒިޔާރަތް ބައްލަވާލެއްވުމަށްފަހު ދެން ވަޑައިގަތީ އެ ޒިޔާރަތާ އިންވެގެންހުރި އެ ރަށުގެ ހުކުރު މިސްކިތަށެވެ. އެ މިސްކިތުން މުޙައްމަދު އަމީންނަށް ފުރަތަމަ ވެސް ފެނިވަޑައިގަތީ މިސްކިތުގެ އެތެރޭގައި ނުހަނު ރީތިކޮށް ތަރުތީބުން ބަހައްޓާފައި ހުރި ހަތްކޮޅުތަކެވެ. އެއީ އެހާތަނަށް އެންމެ ފަހުން މާލޭގަ...