ކިންގްސްޓޮންގެ ސައިކަލް ސްކޭމް މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށައި
ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފި އެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި، އެ މައްސަލަތައް މިހާރު ދަނީ ތަޙުޤީޤުކުރަމުން ކަމަށެވެ. ކިންގްސްޓޮންއިން ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ޑައުންޕޭމަންޓާއި ފުލް ޕޭމަންޓްގެ ގޮތުގައި ނަގާފައިވާ ކަމަށް ތުހ...