މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ފަރާތަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި އޭނާ ވަނީ އިމަޖެންސީ ހާލަތުގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެކްސިޑެންޓުގެ ސަބަބުން ކާރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކާރުގެ ވިންޑް ސްކްރީން ތަޅައިގެން ގޮސްފައިވާ އިރު، ކާރުގެ އެހެން ބައިތަކަށްވެސް އެކި ވަރުގެ ގެއްލުން ވެފައިވެއެވެ. އަދި ސައިކަލަށްވެސް ވަނީ ގެއްލުންވެފައެވެ.
ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރު ކޮންޓްރޯލް ވެފައިވަނީ ޕޭވްމަންޓް މައްޗަށް އަރައި، އެތަނުގައި ހުރި ގަހެއްގައިވެސް ޖެހިގެން ކަމަށް ބެލެވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފައިވަނ، ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރުގެ ވަގުތެއްގައި ރިޕޯޓް ކޮށްފައިވާކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މިހާދިސާގެ ވިޑިއޯ މިހާރު މީސްމީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!