ކުޑަކުދިންގެ ކުޅޭ ސާމާނާއި އެހެނިހެން ބޭނުންތެރި ތަކެތި ވިއްކާ މަޝްހޫރު އޮންލައިން ފިހާރަ "މޫމޫ" ގެ އައުޓްލެޓް މަޖީދީމަގަށް ބަދަލުކޮށް ހުޅުވައިފިއެވެ.
މޫމޫގެ މެނޭޖަރ ނޫޙް އިބްރާހިމް އަޝްވާޤު މި ނޫހަށް ވިދާޅުވި ގޮތުގައި، މި އައު ފިހާރަ ހުޅުވާފައިވަނީ މަޖީދީމަގުގައި ހުންނަ ސީކްރެޓް ރެސިޕީ ކުރިމަތީގައި، ވޭލާ ފޮތި ފިހާރައާއި ޖެހިގެން ކަމަށެވެ.
"މޫމޫ" އިން ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި އެކި އުމުރުފުރާގެ ކުޑަކުދިންނަށް އަމާޒުކޮށްފައިވާ މުނިފޫހިފިލުވުމުގެ ސާމާނާއި ކުޅޭ ތަކެތީގެ ގިނަ ވައްތަރުތަކެއް ހިމެނެއެވެ. މީގެ އިތުރުން، ކުޑަކުދިންގެ މަޝްހޫރު ބްރޭންޑްތަކުގެ ހެދުމާއި، ސެންޑަލް، ބޫޓު އަދި އެކްސެސަރީޒް ފަދަ ތަކެތިވެސް ލިބެން ހުންނާނެ ކަމަށް ނޫޙް ވިދާޅުވިއެވެ.

ފިހާރައިގައި ހުންނަ ތަކެތީގެ މަޢުލޫމާތު "މޫމޫ" ގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖް (@moomoomv) އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އޯޑަރުކުރާ ތަކެތި ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

"މޫމޫ" އަކީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ޑެލިވަރީކޮށްދެމުން އައި ފިހާރައެކެވެ. މި އައު އައުޓްލެޓް ހުޅުވުމާ ގުޅިގެން ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 9952512 ނަންބަރާ ގުޅުމުން ލިބޭނެ އެވެ.

"މޫމޫ" އަކީ ކުޑަކުދިންގެ ކުޅޭ ސާމާނާއި އެހެނިހެން ބޭނުންތެރި ތަކެތި ވިއްކުމަށް ޚާއްޞަކޮށްގެން ހިންގަމުންދާ އޮންލައިން ފިހާރައެކެވެ. މި ފިހާރައިގެ ފުރަތަމަ އައުޓްލެޓް ހުޅުވާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!