ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) މިއަދު ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މެޒޯ މޯޑު ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުން ދަނިކޮށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މެޒޯ މޯޑު ނިޔާވީ ޓް އެޓޭކެއް ޖެހިގެން ޞިއްޙީ ހާލަތު ގޯސްވެ، އައިޖީއެމްއެޗްގެ އިމަޖެންސީ ޑިޕާޓްމަންޓްގައި ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވި އިރު މެޒޯ މޯޑުގެ އުމުރަކީ 60 އަހަރެވެ.
މެޒޯ މޯޑަކީ ރާއްޖޭގެ މިއުޒިކް ދާއިރާއަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާގެ މި ޚިދުމަތްތަކަށް ޓަކައި ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ.
މެޒޯ މޯޑުގެ ޢާއިލާއަށާއި ލޯބިވާ އެންމެހައި ފަރާތްތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!