އެންމެ ރަނގަޅު ގޮތަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ދަ ޑިމޮކްރެޓްސް އަލުން ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މީސްމީޑިއާގަައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ ރާއްޖެއާ އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅުން ކަމަށެވެ.
އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދު މިފަދައިން ޕޯސްޓެއް މި ކުރެއްވިއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ވާދަކުރައްވަން ނިންމެވިކަމަށް ބުނެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަައީސް ސޯލިހަށް ހޯދާ ދިނުމަށް އެ ޕާޓީގެ މެންބަރުން ކެމްޕެއިނެއް ފަށާފައި ވަނިކޮށެވެ.
ވެރިކަމުގެ އާރާއި ބާރުއޮއްވައި އެމްޑީޕީ ބައިބައިވެ ދެކަފިވީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގަ އެވެ. ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް ސޯލިހާއި ދެކޮޅަށް ނިކުންނަވާ ރައީސް ނަޝީދު އިސްވެ ހުންނަވައި އާޕާޓީއެއް އުފެއްދެވި އެވެ. އަދި ވެރިކަމާއި ދެކޮޅަށް ނިކުންނެވިއެވެ.
މިފަހުން ޑިމޮކްރެޓްސްގެ ބައެއް އިސްވެރީން ވަނީ އެ ޕާޓީގައި މުސްތަގުބަލެއް ނެތް ކަމަށް ވިދާޅުވެ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!