ހއ.ތުރާކުނު ކައުންސިލުން އެރަށު ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރި ކުރުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ހަމަޖައްސައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކައުންސިލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ projects@thuraakunu.gov.mv އަށް ފޮނުވަން ޖެހޭނެއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ހއ.ތުރާކުނު ކައުންސިލްގެ އިދާރާގައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް info@thuraakunu.gov.mv އަށް މެއިލް ކުރުމަށް ނުވަތަ 6500035، 6500107 ނަންބަރު ފޯނަށް ގުޅުމަށް ކައުންސިލުން އަންގާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!