ބައްސާމްގެ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން ހައި ކޯޓުން އަމުރުކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން ހައި ކޯޓުން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އަމުރެއް ނެރެފި އެވެ. އެފްއޭއެމްގެ ފައިސާތަކަކަށް ހިޔާނާތްތެރިވެ, އެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމެންޓްތަކެއް ގަތް ކަމަށް ބުނެ ބައްސާމްގެ މައްޗަށް ދައުލަތުން ދައުވާކޮށް, ބައްސާމްގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ މައްސަލާގައި […]