ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައިވަނީ މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން އެބަ ތިއްބެވި ކަމަށާއި އެހެންވެ, އެ މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
އެ މެންބަރުންނަކީ އަމިއްލަ ގޮތުން އިންތިޚާބުވުމަށްފަހު ޕީއެންސީއަށް ސޮއިކުރި މެންބަރުން ކަމަށް އަލީ ހުސައިންގެ ޕޯސްޓްގައިވެ އެވެ..
އަމިއްލަގޮތުން އިންތިހާބުވުމަށްފަހު ހުވާ ކުރުމުގެ ކުރިން ބައެއް މެމްބަރުން ޕީއެންސީއަށް ސޮއި ކުރެއްވި އެވެ. އަދި ފަހުން ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އޮތްގޮތުން ޕާޓީ ބަދަލުކުރާ ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވުމަށްފަހު ޕާޓީއަކާ ގުޅޭ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ.
އެ މައްސަލާގައި މިދިޔަ މަހުގެ ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ހުކުމްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!