Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
528 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

މަންޑޭގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓު
Raajje

މަންޑޭގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓު

ކޭ ޕާކް ފްލެޓްތަކުގެ މައްސަލާަގައި މަކަރާއި ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހުޅުމާލޭގައި ކޭ ޕާކް ފްލެޓްތައް ތަރަައްގީ ކުރަމުންދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ އެ ކުންފުންޏަށް ނޭނގި އޭނާ ގިނަ އަދަދެއްގެ ފްލެޓް ވިއްކި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މައި ހިއްސާދާރު ފުލުހުންނަށް […]

ހުމާމްގެ މަރުގެ ހުކުމް ރިވިއުކުރުމުގެ މައްސަލަ ބަލައިނުގަތް
Raajje

ހުމާމްގެ މަރުގެ ހުކުމް ރިވިއުކުރުމުގެ މައްސަލަ ބަލައިނުގަތް

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ހުސައިން ހުމާމް އަހުމަދު މަރަންކުރި ހުކުމް ރިވިއު ކުރުމުގެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ. އޮކްޓޫބަރު. 2012 ގައި އަފްރާޝީމަށް ތޫނު އެއްޗަކުން އަނިޔާވެރިކަމާ އެކު ހަމަލާދީ މަރާލި މައްސަލާގައި ހުމާމް މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު ދެމެހެއްޓި އެވެ. ނަމަވެސް ފަހުން އޭނާގެ ފަރާތުން ވަނީ އެ ހުކުމް ރިވިއުކުރަން މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް […]

ޑީއާރުޕީގެ ދަރަނި މައުމޫން އަތުން ހޯދަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތް
Raajje

ޑީއާރުޕީގެ ދަރަނި މައުމޫން އަތުން ހޯދަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތް

ޑީއާރުޕީގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވުމަށް އެމަނިކުފާނާ ދެކޮޅަށް އެމްޓީސީސީން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ. ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މައްސަލާގައި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވަން އެމްޓީސީސީން އެދުނަސް، ސިވިލް ކޯޓުން ނިންމާފައިވާ އެ ދަރަނީގެ ޒިންމާ މައުމޫން ނަންގަވަން ނުޖެހޭނެ ކަމަށެވެ. އެ ނިންމުން އިސްތިއުނާފް ކުރަން އެމްޓީސީސީން ހައި […]

ވެމްކޯގެ ވެބްސައިޓް ދިވެހި ބަހުން ނޯންނާތީ ފަނޑިޔާރުންގެ ސުވާލު ކުރިމަތިވެއްޖެ
Raajje

ވެމްކޯގެ ވެބްސައިޓް ދިވެހި ބަހުން ނޯންނާތީ ފަނޑިޔާރުންގެ ސުވާލު ކުރިމަތިވެއްޖެ

ވެމްކޯގެ ވެބްސައިޓް ދިވެހި ބަހުން ލިޔެފައި ނުހުންނާތީ ހައި ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރުން ސުވާލު ކުރިމަތިކޮށް, އެއީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް ވިދާޅުވެއްޖެ އެވެ. ވެމްކޯގެ މައުލޫމާތުތަކެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލައެއް ވެމްކޯއިން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ސުވާލު އުފެއްދެވީ ވެމްކޯގެ މަސައްކަތުގެ ދާއިރާއާއާ ގުޅޭގޮތުންނެވެ. ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވީ ވެމްކޯގެ ވެބްސައިޓްގައި ދިވެހި ބަހުން މައުލޫމާތު...

ޔާމީން ހުށަހެޅި ދެވަނަ މައްސަލަ ވެސް ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
Raajje

ޔާމީން ހުށަހެޅި ދެވަނަ މައްސަލަ ވެސް ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެވަނަ މައްސަލަ ވެސް އެ ކޯޓުން މިއަދު ބަލައިނުގަނެ, ބޭރުކޮށްލައިފި އެވެ. ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ އިސްތިއުނާފް މައްސަލަ ނުނިމި އޮތުމުން އެ މަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ވެސް އެ ކޯޓުން އޮތީ ބަލައިނުގަތުމަށް ނިންމައިފަ އެވެ. ޔާމީންގެ ފަރާތްޕުޅުން މިއަދު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް […]

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް ހުށަހަޅައިފި
Raajje

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަޙަޅާފައިވާ މައްސަލަ  ބަލައިނުގަތުމުން، ސުޕްރީމް ކޯޓަށް އަނެއްކާވެސް އިތުރު މައްސަލައެއް ވައްދައިފި އެވެ. ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ފަރާތުން ހޮނިހިރު ދުވަހުގެ ރޭ ހުށަހެޅި ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެވެ. އިތުރު މައްސަލައެއް މިއަދު ހުށަހެޅި ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ.  ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތުމާމެދު އަ...

ޔާމީން ހުށަހެޅި އިންތިހާބީ ހައްގުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް
Raajje

ޔާމީން ހުށަހެޅި އިންތިހާބީ ހައްގުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލޭ ކަމަށް ބުނެ އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ. މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނުނިމި ލަސްވަމުންދާތީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓުން މިއަދު ނިންމީ ގާނޫނުގައި ބުނާފަދަ […]

ސަން ކުންފުނީގެ އެކައުންޓުން ޔާމީނަށް ޑޮލަރު ޖަމާކޮށްދިން: ހެއްކެއް
Raajje

ސަން ކުންފުނީގެ އެކައުންޓުން ޔާމީނަށް ޑޮލަރު ޖަމާކޮށްދިން: ހެއްކެއް

ސަން ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޑޮލަރު ޖަމާކޮށްދިން ކަމަށް އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކުރާއިރު ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ.  އެ ދައުވާ ކުރަނީ ބޭރުގެ ކުންފުންޏަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ […]

ފުއްގިރި މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދޭން ސިޔާމާއި މައުރޫފް ދެކޮޅު ހަދައިފި
Raajje

ފުއްގިރި މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދޭން ސިޔާމާއި މައުރޫފް ދެކޮޅު ހަދައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީނާއި ސަން ކުންފުނީގެ މައްޗަށް ކުރާ ދައުވާގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ހެކިބަސް ދެއްވަން ދެކޮޅު ހައްދަވައިފި އެވެ. ފުއްގިރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މި މައްސަލާގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާކުރެ އެވެ. މި މައްސަލާގައި […]

އޮންގްގެ މައްޗަށް ކުރާ ތަހުގީގުގައި ސިންގަޕޫރުން އަދީބާ ސުވާލު ކުރާނެތަ!
International

އޮންގްގެ މައްޗަށް ކުރާ ތަހުގީގުގައި ސިންގަޕޫރުން އަދީބާ ސުވާލު ކުރާނެތަ!

ސިންގަޕޫރުގެ ބިލިއަނަރެއް ކަމަށްވާ އޮންގް ބެން ސެންގްގެ މައްޗަށް އެ ގައުމުގެ އެންޓި ކޮރަޕްޝަން ބިއުރޯއިން ތަހުގީގު ހިންގަމުންދާ ތަހުގީގުގެ ތެރެއިން, މިހާރު އެ ގައުމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެ ބިއުރޯއިން ސުވާލު ކުރާނެ ކަމާ މެދު ސިންގަޕޫރުގެ ނޫސްތަކުން ސުވާލު އުފައްދަން ފަށައިފި އެވެ.  އަދީބު މިދިޔަ ހަފުތާގައި ސިންގަޕޫރަށް ވަޑައިގަތީ ބޭސްފަރުވާގެ ބޭނުމެއްގައި 10 ދުވަހަށެވެ. ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ އޮންގް ހައްޔަރުކޮށް ތަހުގީގު ހިންގަން ފެށީ […]

މަންމައަށް މަރުގެ އިންޒާރު ދިނުމުން ހަ މަހަށް ޖަލަށް
Raajje

މަންމައަށް މަރުގެ އިންޒާރު ދިނުމުން ހަ މަހަށް ޖަލަށް

މަންމައަށް މަރުގެ އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މާލޭގައި 2021 ވަނަ އަހަރު މީހަކު އޭނާގެ މަން ކަތިލާނެ ކަމަށް ބުނެ މަންމައަށް އިންޒާރު ދިނީ ގޭގެ ތަކެއްޗަށް އޭނާ ގެއްލުން ދޭތީ އެކަން ނުކުރަން މަންމަ ބުނުމުންނެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރީ އިއްވީ ހަ މަސް ދުވަހުގެ ޖަލަށްލުމަށެވެ. އެކަމަކުއޭނާ ތަހުގީގު މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން […]

130 ކިލޯ ޑްރަގް މައްސަލާގެ އިސް މީހާ ކަމަށް ތުހުމަތުވާ ޝަހީބް ދޫކޮށްލައިފި
Raajje

130 ކިލޯ ޑްރަގް މައްސަލާގެ އިސް މީހާ ކަމަށް ތުހުމަތުވާ ޝަހީބް ދޫކޮށްލައިފި

ދޯންޏެއްގައި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ޝަހީބު އިބްރާހިމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބު އިބްރާހީމް ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކާ ނުލައި ކަމަށް ކޯޓުން ބުންޏެވެ. ޝަހީބު ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމީ މިއަދު ބޭއްވި ބަންދު މުރާޖައާގެ އަޑުއެހުމުގަ އެވެ. އޭނާ ދޫކޮށްލުމަށް ނިންމީ ބަންދަށް ލުޔެއް [...

ފުއްގިރި މުއާމަލާތުގައި ގޯހެއް އުޅޭކަން އެނގުނީ އެސްއޯއެފްއަށް ފައިސާ ޖަމާކުރުމުން: ބޮންޑެ
Raajje

ފުއްގިރި މުއާމަލާތުގައި ގޯހެއް އުޅޭކަން އެނގުނީ އެސްއޯއެފްއަށް ފައިސާ ޖަމާކުރުމުން: ބޮންޑެ

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާކަން އެނގުނީ އެމްއެމްޕީއާރުސީއަށް ދެއްކި ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިކަން އެނގުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކޯޓުގައި ވިދާޅުވެއްޖެ އެވެ. ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ހިންގި އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެ...

ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު މީހަކު ޖަލު އަދަބުން ސަލާމަތްވެ, އައީ ޖޫރިމަނާގެ އަދަބެއް
Raajje

ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު މީހަކު ޖަލު އަދަބުން ސަލާމަތްވެ, އައީ ޖޫރިމަނާގެ އަދަބެއް

ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު މީހަކު ޖަލު އަދަބުން ސަލާމަތްވެ, ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކާރެއްގައި ބަނގުރާ އުފުލަނިކޮށް ފުލުހުން އަތުލައިގަތީ ސިނަމާލެ ބްރިޖް ކައިރިންނެވެ. އެ ކާރުން 250 އަށް ވުރެ ގިނަ ބަނގުރާ ފުޅި ފެނުނެވެ.  ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އޭނާ އެ ކުށަށް އެއްބަސްވެފައިވެ އަދި އަދަބު ލުއިކޮށްދޭން އެދިފައިވާތީ ޖަލަށްލުމުގެ ބަދަލުގައި އެހެން ބާވަތުގެ އަދަބެއް ދިނުމަކީ އެންމެ މަސްލަހަތު […]

ފުއްގިރި މައްސަލާގައި ކްރިކް ރިޒާގެ ބައި ދައުލަތުން އަނބުރާ ގެންދަނީ
Raajje

ފުއްގިރި މައްސަލާގައި ކްރިކް ރިޒާގެ ބައި ދައުލަތުން އަނބުރާ ގެންދަނީ

ރ. ފުއްގިރި މައްސަލާގައި އަހްމަދު ކްރިކް ރިޒާއާ ހެދި އެ ޝަރީއަތް މަޑުޖެހިފައިވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ވެސް ކުރާއިރު ކްރިކްގެ މައްޗަށް ކުރަނީ ރިޝްވަތު […]