ދޯންޏެއްގައި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ޝަހީބު އިބްރާހިމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބު އިބްރާހީމް ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކާ ނުލައި ކަމަށް ކޯޓުން ބުންޏެވެ.

Ad
rt

ޝަހީބު ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމީ މިއަދު ބޭއްވި ބަންދު މުރާޖައާގެ އަޑުއެހުމުގަ އެވެ. އޭނާ ދޫކޮށްލުމަށް ނިންމީ ބަންދަށް ލުޔެއް ދިނުމަށް އޭނާގެ ފަރާތުން ހުށަހެޅުމުންނެވެ.

މި މައްސަލާގައި ޝަހީބުގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުނަށް ކުރާ ދައުވާތަކަކީ، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާ އާއި ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ