ސިންގަޕޫރުގެ ބިލިއަނަރެއް ކަމަށްވާ އޮންގް ބެން ސެންގްގެ މައްޗަށް އެ ގައުމުގެ އެންޓި ކޮރަޕްޝަން ބިއުރޯއިން ތަހުގީގު ހިންގަމުންދާ ތަހުގީގުގެ ތެރެއިން, މިހާރު އެ ގައުމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެ ބިއުރޯއިން ސުވާލު ކުރާނެ ކަމާ މެދު ސިންގަޕޫރުގެ ނޫސްތަކުން ސުވާލު އުފައްދަން ފަށައިފި އެވެ.

އަދީބު މިދިޔަ ހަފުތާގައި ސިންގަޕޫރަށް ވަޑައިގަތީ ބޭސްފަރުވާގެ ބޭނުމެއްގައި 10 ދުވަހަށެވެ.

Ad
rt

ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ އޮންގް ހައްޔަރުކޮށް ތަހުގީގު ހިންގަން ފެށީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް އޭނާ މިހާރު ހުންނެވީ 100,000 ޑޮލަރުގެ ކަފާލާތެއްގެ ދަށުން ދޫކޮށްލައިފަ އެވެ.

ސިންގަޕޫރު ނޫސްތަކުގައި ބުނެފައިވަނީ އޮންގްގެ ކުންފުނިން ރާއްޖޭގެ ރަށްތައް ހޯދުމުގައި ގާނޫނު އެއް ފަރާތްކުރި ކަން ކަމަށް އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (އޯސީސީއާރުޕީ) އިން 2018 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ.

އޭރު މިއިން އެއްވެސް ތުހުމަތަކަށް އޮންގް ޖަވާބު ދެއްވާފައިނުވާ ކަމަށް އެ ނޫސްތަކުގައިވެ އެވެ.

ފަހުން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަން ފާހަގަކޮށް, އެ ނޫސްތަކުގައި ބުނެފައިވަނީ އަދީބު މިހާރު ސިންގަޕޫރުގައި ހުންނެވުމުން އޭނާއާ އެ މައްސަލަތަކާ ގުޅިގެން ސުވާލު ކުރާނެތޯ ސުވާލު އުފެދޭ ކަމަށެވެ.