އީސީގެ ރައީސް ޒާހިދު އިސްތިއުފާދެއްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު، މަގާމުން އިސްތިއުފާދެއްވައިފިއެވެ. ޒާހިދު މަގާމުން އިސްތިއުފާދެއްވާފައިވާކަން އީސީން ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވި ސަބަބެއް ނުބުނެއެވެ. އީސީގެ ރައީސް ކަމަށް ޒާހިދު އައްޔަން ކޮށްފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް މިދިޔަ އަހަރު ގެނައި އިޞްލާޙުގެ ދަށުން، އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ ރައީ...