Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,670 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާގައި ތަޢާރަފްކޮށްފި
Business

މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާގައި ތަޢާރަފްކޮށްފި

މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) ގެ މަހުގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި ތަކެތި އިފްތިތާޙްކުރުމަށްޓަކައި ސްރީލަންކާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާއަށް ތަޢާރަފުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މިފްކޯއިން ސްރީލަންކާގައި އިފްތިތާޙްކޮށްފައިވާ ތަކެތީގެ ތެރޭގައި އެ...

ޑެންގީ ހުން ފެތުރޭ މިންވަރު މަހުން މަހަށް ދަނީ އިތުރުވަމުން: ހެލްތް
Raajje

ޑެންގީ ހުން ފެތުރޭ މިންވަރު މަހުން މަހަށް ދަނީ އިތުރުވަމުން: ހެލްތް

ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ޑެންގީ ޖެހިގެން މަހުންމަހަށް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މި މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ޑެންގީ ހުން ޖެހިގެން […]

''ދިވެހީންގެ ހިތްތަކުގައި ލަންކާގެ ރައްޔިތުންނަށް އޮތް އިޙްތިރާމަކީ ސިޔާސީ ގުޅުމުގެ ހަޤީޤީ ބާރު''
Raajje

''ދިވެހީންގެ ހިތްތަކުގައި ލަންކާގެ ރައްޔިތުންނަށް އޮތް އިޙްތިރާމަކީ ސިޔާސީ ގުޅުމުގެ ހަޤީޤީ ބާރު''

ދިވެހީންގެ ހިތްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް އޮތް ޤަދަރާއި އިޙްތިރާމަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ހަޤީޤީ ބާރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރޭ ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސްރީލަންކާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ޤައ...

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހުށަހެޅުންތައް ދިރާސާކުރަމުންދާކަން އީރާނުން ކަށަވަރުކޮށްދީފި
International

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހުށަހެޅުންތައް ދިރާސާކުރަމުންދާކަން އީރާނުން ކަށަވަރުކޮށްދީފި

ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން ހުށަހެޅި 14 ނުކުތާގެ ހުށަހެޅުމަށް އެމެރިކާއިން ދިން ޖަވާބު ލިބިފައިވާ ކަމަށާއި، އެ ޖަވާބު މިހާރު ދިރާސާކުރަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ހޯމަ ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަގާއީ ވަނީ އެމެރިކާގެ ފަރާތުން ލިބުނު ޖަވާބު ދިރާސާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ނިންމާގޮތެއް ޕާކިސްތާނު މެދުވެރިކޮށް އާންމުކުރާނެކަމަށް ބުނެފަވ...

މިލަންދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި
Raajje

މިލަންދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި

ށ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ. މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު މެންދުރުފަހު އެވެ. މި މަސައްކަތް އިއްޔެ ވަނީ އެއްކޮށް ނިންމާލާފައެވެ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރަނީ އެރަށު ފަޅުތެރެއިން އެކަމަށް ބޭނުންވާ ބިން ހިއްކައިގެންނެވެ. މިގޮތުން އެރަށު ފަޅުން ވަނީ ޖުމްލަ 25.9 ހެކްޓަރުގެ ބިން ހިއްކާފައެވެ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ [...

ލަންކާގެ ބޮޑުވަޒީރު، ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވައިފި
Raajje

ލަންކާގެ ބޮޑުވަޒީރު، ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވައިފި

ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަތުރުވެރިކަން، ޞިއްޙަތު، ތަޢުލީމު އަދި އިޤްތިޞާދީ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ބެ...

ޕީއެންއެފުން ތަކުރާރުކޮށް ޤާނޫނާއި ޚިލާފްވާނަަމަ ފިޔަވަޅު އަޅާނަން: އީސީ
News

ޕީއެންއެފުން ތަކުރާރުކޮށް ޤާނޫނާއި ޚިލާފްވާނަަމަ ފިޔަވަޅު އަޅާނަން: އީސީ

ތަކުރާރުކޮށް ޤާނޫނާއި ޚިލާފްވާނަަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އަށް ދީފިއެވެ. އީސީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި ޙަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެ...

އެންސްޕާގެ ސީއީއޯއަކަށް ޝިރްނާ
Raajje

އެންސްޕާގެ ސީއީއޯއަކަށް ޝިރްނާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯއަކަށް އާމިނަތު ޝިރްނާ މިއަދު އައްޔަންކޮށްފި އެވެ. ހެލްތް މިނިސްޓްރީން މިއަދު ވަނީ ޝިރްނާ އެ މަގާމަށް ހަމަޖެއްސުމާއި ގުޅިގެން މަރުޙަބާ ކިޔާފައެވެ. ޝިރްނާ ކުރިން ހުންނެވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް ވަޒީރެއްގެ މަގާމުގައެވެ. ޝިރްނާ ވަނީ ހެލްތް މިނިސްޓްރީގައި ދަމަނަވެއްޓާއި ބްލަޑް ސާވިސްގެ އިތުރުން  އެޗްޕީއޭގެ ކަންކަން ބެލެހެއްޓެވުމުގައި އިސްކޮށް މަސައްކަތް ކުރަށްވާފައެވެ. އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވ...

ރާއްޖެ-ލަންކާ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
Raajje

ރާއްޖެ-ލަންކާ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު އެ ގައުމުގެ  މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު އާއިއެކު ބޭއްވެވި ބައްދަލުވުމުގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް...

ރައީސް މުޢިއްޒަށް ލަންކާ ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި
Raajje

ރައީސް މުޢިއްޒަށް ލަންކާ ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މިއަދު މަރުޙަބާ ދަންނަވައިފިއެވެ. ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތަށް ރައީސް މުޢިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. ރަސްމިއްޔާތު ފެށިގެން ދިޔައީ 21 ބަޑީގެ ސަލާމަކުންނެވެ. އެއަށްފަހު، ރައީސް މުޢިއްޒުގެ ޝަރަފުގައި އޮތް ސްރީލަ...

އޭދަފުށި ބަލިކޮށް ދިއްދޫ ފެށުން ރަނގަޅުކޮށްފި
Thiladhunmathi News

އޭދަފުށި ބަލިކޮށް ދިއްދޫ ފެށުން ރަނގަޅުކޮށްފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ދެވަނަ މެޗު ޒޯން 1 ގެ ރަނަރަޕް ދިއްދޫ މިއަދު ކާމިޔާބުކޮށްފިއެވެ. މިއަދުގެ މެޗުގައި ދިއްދޫ ބައްދަލުކުރީ ޒޯން 2 ރަނަރަޕް އޭދަފުއްޓާއެވެ. ދިއްދޫ އާއި އޭދަފުށިން ވެސް ބިދޭސީ ކުޅުންތެރިންގެ ކުޅުން ފެނިގެންދިޔަ މިއަދު މެޗު ދިއްދޫ ކާމިޔާބުކުރީ 2-1 އިންނެވެ. މި މެޗުގައި ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ […]

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް
Raajje

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު ފުރާވަޑައިގެންފިއެވެ. މި މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެ...

މުބީން އެމްޓީސީސީގެ ޑީއެމްޑީގެ މަގާމަށް ހަމަޖައްސައިފި
Raajje

މުބީން އެމްޓީސީސީގެ ޑީއެމްޑީގެ މަގާމަށް ހަމަޖައްސައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ ކުރީގެ މެނެޖިން ޑިރެކްޓަރު އަހްމަދު މުބީން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފިއެވެ. އެނގިފައިވާގޮތުގައި މުބީން އެމްޓީސީސީގެ ޑީއެމްޑީގެ މަގާމުގެ ހައިސިއްޔަތުން ވަޒީފާ އަށް ނުކުންނަން ފެއްޓެވީ މިއަދެވެ. އާރްއޭސީއެލް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކުރުމުން، އެ ކުންފުނީގެ އެމްޑީގެ މަގާމުން މުބީން އިސްތިއުފާދެއްވީ 29 ޖ...

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ދެމެހެއްޓުމުގައި ޕީއެސްއެމް އިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް: އަބުދުއްރަހީމް
Parliament

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ދެމެހެއްޓުމުގައި ޕީއެސްއެމް އިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް: އަބުދުއްރަހީމް

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ދެމެހެއްޓުމުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ 9 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބުދުއްރަހީމް ވަނީ އެ ކުންފުނީގެ ވެރިންނަށާއި މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ވަރުގަދަކުރުމުގައި ޕީއެސްއ...

މާފުށީ ޖަލަށް ފޯނުތަކަކާއި އިތުރު ތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
Raajje

މާފުށީ ޖަލަށް ފޯނުތަކަކާއި އިތުރު ތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާ ތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން މި މެއި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަނާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ހާމަކުރި […]