Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,670 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ފަހަތުން އަރައި އޭދަފުށި ބަލިކޮށް ހަނިމާދޫ ތާވަލުގެ އެއްވަނަ އަށް
Sports

ފަހަތުން އަރައި އޭދަފުށި ބަލިކޮށް ހަނިމާދޫ ތާވަލުގެ އެއްވަނަ އަށް

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ފަސް ވަނަ މެޗުގައި ހަނިމާދޫ އިން އޭދަފުށި ބަލިކޮށްފިއެވެ. ތަޖުރިބާކާރު ކޯޗު، އިސްމާއީލް އާސިފް (ކުޑަ ހީނާ)ގެ ބެލުމުގެ ދަށުން  ކުޅުނު އޭދަފުށި ހަނިމާދޫ އަތުން ބަލިވީ 1-2 އިންނެވެ. ހަނިމާދޫގައި ކުޅުނު، މިއަދުގެ މެޗުގައި އޭދަފުށިން ވަނީ މެޗުގެ ދެވަނަ މިނިޓްގައި ލަނޑެއްޖަހައި ލީގު ނަގާފައެވެ. އެއީ އޭދަފުށީގެ […]

ރާއްޖޭގައި އެކްޓިވް ވޯކްޕާމިޓްގައި ތިބި 98 އިންސައްތަ ބިދޭސީން ގަވައިދަށް ފައްތައިފި
Raajje

ރާއްޖޭގައި އެކްޓިވް ވޯކްޕާމިޓްގައި ތިބި 98 އިންސައްތަ ބިދޭސީން ގަވައިދަށް ފައްތައިފި

ރާއްޖޭގައި ސައްޙަ އެކްޓިވް ވޯކްޕާމިޓެއްގައި ތިބެ މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުން ގަވައިދަށް ފައްތައި، އެމީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ފުރިހަމަކޮށް ނިންމާލައިފިކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ސައްޙަ ވޯކްޕަރމިޓް އޮތް 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި، ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް ނިޒާމުގެ ތެރެއަށް ވަ...

ސަފާރީގައި އަލިފާން ރޯވެ ދުމުގެ އަސަރުކުރި ދެ ފަޅުވެރިއަކަށް ފަރުވާ ދެނީ
Raajje

ސަފާރީގައި އަލިފާން ރޯވެ ދުމުގެ އަސަރުކުރި ދެ ފަޅުވެރިއަކަށް ފަރުވާ ދެނީ

ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، އެ ސަފާރީގެ ދެ ފަޅުވެރިއަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ “އެމްޕެރަރ އެކްސްޕްލޯރަރ” ނަމަކަށް ކިޔާ ސަފާރީއެއްގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ އެ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނ...

ކުޅުދުއްފުށީގެ ޔޫޓިލިޓީ ޚިދުމަތްތައް ޒަމާނީކުރުމަށް ޖަޕާނުގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގެ ޔޫޓިލިޓީ ޚިދުމަތްތައް ޒަމާނީކުރުމަށް ޖަޕާނުގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފި

ކުޅުދުއްފުށީ ސިޓީގެ ޔޫޓިލިޓީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހަރުދަނާކުރުމާ ގުޅޭގޮތުން ޖަޕާނުގެ ބައިނަލްއަޤްވާމީ ތަޖުރިބާހުރި ކުންފުންޏެއް ކަމަށްވާ “ކަނެޑީވިއާ” އާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ “ޖީނެޓްސް ސަމިޓް” ގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ. މި ބައްދަލު...

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހަކަށް އޭޑީކޭގައި ފަރުވާދެނީ
Raajje

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހަކަށް އޭޑީކޭގައި ފަރުވާދެނީ

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 2026 މެއި 08 ވަނަ ދުވަހުގެ ރޭ ދަންވަރު 00:09 އެހައިކަންހާއިރުއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ސީދާ އޭޑީކޭ ހޮސްޕިޓަލުންނެވެ. މި ހާދިސާގައި އަނިޔާވެގެން ފަރުވާ ދެމުންދަނީ އުމުރުން 49 […]

ފާއިން އަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް
Thiladhunmathi News

ފާއިން އަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް

ކީރިތި ޤުރުއާން ހިތުދަސްކޮށް ފުރިހަމަ ކާމިޔާބީއެއް ހޯދި، ށ. ފޯކައިދޫ، ރަނައުރާމާގެ ފާއިން ފަރުހާދު އަށާއި އޭނާގެ އާއިލާ އަށް އުފަންރަށް ފޯކައިދޫން އިއްޔެ ރަތްދޫލައިގެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ހާފިޒުކަމުގެ މަތިވެރި ޝަރަފް ހާސިލްކުރި ފާއިން އާއި އޭނާގެ ޢާއިލާ އެ ރަށަށް ގޮސްފައިވަނީ ބުރާސްފަތިި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފާއިން އަށް ރަށުން ހޫނު މަރުޙަބާ އެއް ކިޔުމަށްޓަކައި ފޯކައިދޫ ކައުންސިލުން އިސްވެ އޮވެ ވަނީ ދުރާލާ ތައްޔާރުވެފައެވެ. މިގޮތުން ރަށުގެ ބަނދަރު ސަރަހައްދުގައި […]

ކުރިއަށް އޮތް ފަސް ދުވަހު ބޮޑު ބަޔަކަށް ވައިގަދަވެ ވިއްސާރަވާނެ: މެޓް
Raajje

ކުރިއަށް އޮތް ފަސް ދުވަހު ބޮޑު ބަޔަކަށް ވައިގަދަވެ ވިއްސާރަވާނެ: މެޓް

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިރޭ އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން މިރޭ ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ ކުރިއަށް އޮތް ފަސް ދުވަހު (މިމަހުގެ 9 އިން 13އަށް) ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި […]

ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުގެ އަމުރެއް
Raajje

ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުގެ އަމުރެއް

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ޑްރަގް ކެފޭ އެއް (ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް) ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ. ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ކ. މާލެ، ހ. ގުންޒަރު ބަންދުކުރުމަށެވެ. ކޯޓުގެ އަމުރުގައިވާ ގޮތުން އެ ތަން ބަންދުކުރުމަށް ހަމަޖެހިފައިވަނީ 2026 މެއި 5 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު […]

އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް ފިލި ގައިދީއަކު އަލުން ހައްޔަރުކޮށްފި
Raajje

އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް ފިލި ގައިދީއަކު އަލުން ހައްޔަރުކޮށްފި

ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ފިލި ގައިދީއަކު، ފުލުހުން ކުރި މަސައްކަތުން އަލުން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2026 މެއި 8 ވާ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މި މީހާ ފިލާފައިވަނީ ސިއްހީ ބޭނުމަކަށްޓަކައި އެ ރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. ފުލުހުން ބުނީ، އެމީހާ ފިލި ކަމުގެ މައުލޫމާތު […]

ރާއްޖެއަށް ހަންޓާ ވައިރަސް ރިސްކް އޮތީ ވަރަށް ކުޑަކޮށް: އެޗްޕީއޭ
Raajje

ރާއްޖެއަށް ހަންޓާ ވައިރަސް ރިސްކް އޮތީ ވަރަށް ކުޑަކޮށް: އެޗްޕީއޭ

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ނުރައްކާތެރި “ހަންޓާ ވައިރަސް” ފެނިފައިވާއިރު، ރާއްޖެއަށް އެ ބަލީގެ ނުރައްކާ އޮތް މިންވަރު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ “އެމް.ވީ ހޮންޑިއަސް” ނަމަކަށް ކިޔާ ކްރޫޒް މަނަވަރަކުން މި ބަލި ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން ދަނީ މިކަން […]

ސައޫދީ އާއި ކުވޭތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރަން ހުއްދަ ދީފި
International

ސައޫދީ އާއި ކުވޭތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރަން ހުއްދަ ދީފި

ސައުދީ އަރަބިއްޔާއާއި ކުވައިތުގެ ވައިގެ ސަރަޙައްދާއި އެ ގައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމަށް އެމެރިކާގެ ސިފައިންނަށް ހުއްދަ ދީފިއެވެ. މި ނިންމުމާއެކު، ހޯމްރޫޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރަށް ހިމާޔަތް ދިނުމަށްކަމަށްބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ “ޕްރޮޖެކްޓް ފްރީޑަމް” އަލުން ފެށުމަށް ވަނީ މަގުފަހިވެފައެވެ. މި ހަފުތާގެ ކުރީކޮޅު ސައުދީ އަރަބިއްޔާއާއި ކުވައިތުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަޙައްދު ބޭނުންކުރުން ހަނިކޮށްފައެވެ....

ތެލެސީމިއާ ދުވަސް ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް: ރައީސް
Raajje

ތެލެސީމިއާ ދުވަސް ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް: ރައީސް

ތެލެސީމިއާ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދީ ދަސްކޮށްދެނީ، އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކޮށް، ބަދަހި ޤައުމެއް ބިނާކުރުމަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން މިއަދު އެމަނިކުފާނުގެ މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށްމެ، މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުންދީގެން ބަދަހި ޤައުމެއް ބިނާކުރުމަކީ މި ދުވަހުން ލިބިދޭ މުހިންމު ފިލާވަޅެއް ކަމަށެވެ. ރައީސް މުޢިއްޒު ފާހަގަކ...

''ހެޔޮގޮތުގައި ޙައްޖުވުމަށް، ޙައްޖަށް ދިޔުމުގެ ކުރީގައި ވެސް ކުރާންޖެހޭ ކަންތައްތަކެއްވޭ''
Column

''ހެޔޮގޮތުގައި ޙައްޖުވުމަށް، ޙައްޖަށް ދިޔުމުގެ ކުރީގައި ވެސް ކުރާންޖެހޭ ކަންތައްތަކެއްވޭ''

މާތް ﷲގެ ޙަޟުރަތުގައި މަޤްބޫލުވެގެންވާ “ހެޔޮ ގޮތުގައި ވެވޭ ޙައްޖެއް” ކަމުގައި ތިމާގެ ޙައްޖު ވުމަށްޓަކައި، ޙައްޖަށް ދިޔުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މުހިންމު ކަންތައްތަކެއް ވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. “ހެޔޮ ގޮތުގައި ވެވޭ ޙައްޖު” މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ އަޅުކަމެއްމެ މާތް ﷲގެ ޙަޟުރަތުގައި މަޤްބޫލުވާނީ އެ އަޅުކަމެއްގައި ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ފުރިހަމަވެގެންނެވެ. އެއީ މާތް ﷲގެ ވަޖުހުފުޅ...

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
Raajje

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ 2026 އެޕްރީލް 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2026 މެއި 7 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅުންހުރި ސީރިއަސް...

ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް ފޮނުވާ އާރުޓީއައި ތަކަށް ޖަވާބުދޭނަން: ތަރުޖަމާނު
Raajje

ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް ފޮނުވާ އާރުޓީއައި ތަކަށް ޖަވާބުދޭނަން: ތަރުޖަމާނު

ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް އަދި ޒިންމާދާރު ކަމާ އެކު ހުށަހަޅާ މައުލޫމާތު ހޯދައި ލިބިގަތުމުގެ (އާރުޓީއައި) ހުށަހެޅުންތަކަށް ސަރުކާރުން ޖަވާބު ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ދެއްވައިފިއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުންދު ފާހަގަކުރެއްވި ގޮތުގައި، އާރުޓީއައި ހުށަހެޅުމު...