އެމެރިކާގެ އިސްލާމިކް ސެންޓަރަށް ދިންހަމަލާއަކީ މުސްލިމުންނާ ދެކޮޅުވެރިކަން އާންމުވުމުގެ ނަތީޖާ: އިނގިރޭސި ބޮޑުވަޒީރު
އެމެރިކާގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމިކް ސެންޓަރަށް ދިން ނުރައްކާތެރި ހަމަލާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މި ހަމަލާއާ ގުޅިގެން ބޮޑުވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ އަނިޔާވެރި އަމަލުތަކަކީ ވަކި ކަމަކާ ނުގުޅި ހިނގާ ކަންކަމެއް ނޫން ކަމަށާއި، މިއީ މުޖުތަމައުގައި ބައިބައިވުމާއި މުސްލިމުންނާ ދެކޮޅުވެރިކަން އާންމުވުމުގެ ނަތީޖާ ކަމަށެވެ. “މިފަދަ އަނިޔާވެރިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މީގެ ދެކޮޅަށް އަޅުގަނޑ...