ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވިއަނުން މި ދަތުރުތައް ބާއްވަނީ އޮސްޓްރޭލިއާގެ މެލްބަންއަށެވެ. ކޮންމެ ހަފުތާއަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން އޮސްޓްރޭލިއާއަށް ފްލައިޓް ފުރާނީ ކޮންމެ އާދިއްތަ ދުވަހަކުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް ދަތުރުކުރާނީ ކޮންމެ އަންގާރަ ދުވަހަކުއެވެ.
މި ދަތުރުތަކަށް ގާތްގަނޑަކަށް 10 އާއި 11 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވާނެ ކަމަށް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ. މި ދަތުރުތައް ކުރުމަށް ބޭނުންކުރަނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރކްރާފްޓެވެ.
Our A330 aircraft has officially departed for Melbourne to begin a landmark journey, operating the first-ever direct flight between Australia and the Maldives.
Here’s to new horizons, unforgettable journeys, and a proud moment for the Maldives. #MaldivianAero… pic.twitter.com/sN0RakSLG9
— MaldivianAero (@MaldivianAero) May 17, 2026
"މިއީ އާ މަންޒިލަކަށް ދުވަހަކު ވެސް ހަނދާނުން ފޮހެނުލެވޭނެ ފަދަ ދަތުރުތަކަކަށް ހުޅުވިގެންދިޔަ ދޮރެއް. އަދި މިއީ ރާއްޖެ އަށް ލިބުނު ފަހުރަކާއި ޝަރަފެއް" މި ދަތުރުތަކާ ގުޅޭގޮތުން މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފަވެއެވެ.
އޮސްޓްރޭލިއާއަށް ދަތުރުތައް ފެށުމަށް ނިންމީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށާއި، އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކަށް ވުމަކީ މި ދަތުރުތައް ފެށި މައިގަނޑު އެއް ސަބަބު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
Another milestone for Maldivian, the National Airline of Maldives
Touch down in Melbourne, Australia !#MaldivianAero pic.twitter.com/xvSShDjsF3
— MaldivianAero (@MaldivianAero) May 18, 2026
މޯލްޑިވިއަނުން ލަފާކުރާ ގޮތުގައި މި ދަތުރުތަކާއެކު އަހަރެއްގެ ތެރޭގައި އޮސްޓްރޭލިއާއިން 11,000 ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެއެވެ.
މީގެ އިތުރުން، މި ދަތުރުތަކުގެ ސަބަބުން ދައުލަތުގެ ޓެކްސް އާމްދަނީއަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ އަންދާޒާކޮށްފައެވެ. އެގޮތުން އަހަރެއްގެ މައްޗަށް ޓެކްސް އާމްދަނީގެ ގޮތުގައި އިތުރު 10 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މޯލްޑިވިއަނުން ލަފާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!