Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,616 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

Raajje

ރާއްޖޭގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފަ: އެމްއެމްއޭ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތް ކުރިއަރާފައި ވިޔަސް، ރާއްޖޭގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައިވާކަމަށާއި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށަށް ގޮސް، އިގްތިސާދީ ދުވެލި މަޑުޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 4.7 ޕަސެންޓުގައި ހުރި ޖީޑީޕީގެ ނިސްބަތް މި […]

Thiladhunmathi News

ހޯމް މިނިސްޓްރީގެ ސީނިޔަރ އެގްޒެކެޓިވް ޑައިރެކްޓަރގެ މަގާމަށް މުހައިމިން

ހޯމް މިނިސްޓްރީގެ ސީނިޔަރ އެގްޒެކެޓިވް ޑައިރެކްޓަރގެ މަގާމަށް ހދ ނޭކުރެންދޫ، ކިނާރާ، އަބްދުލް މުޙައިމިން  އައްޔަން ކުރައްވައިފިއެވެ. ތިލަދުންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޙައިމިން ވަޒީފާ އަށް ނިކުންނަން ފަށާފައިވަނީ މިއަދުއެވެ. އަދި މިމަގާމް ހަމަޖެހިފައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައިކަމަށް މިނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ. Congratulations Home Ministry Senior Executive Director @MuhaiminSayCan. pic.twitter.com/q6AsRXWpvl — Mohamed Raee / Makunudhoo Constituency (@Mraee12) September 22,...

Thiladhunmathi News

ތިން ސެޓުން މޮޅުވެ ޓީމު ހަނިމާދޫގެ ފެށުން ރަނގަޅުކޮށްފި

މިހާރުކުރިއައްދާ ހދ. އަތޮޅު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ނައިވާދޫ ޓްރައިނަރސް ސްޕޯރޓްސް ކްލަބާއި ޓީމު ހަނިމާދޫ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅު ޓީމު ހަނިމާދޫގެ ފެށުން ރަނގަޅު ކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗްގެ ފުރަތަމަ ސެޓް ޓީމު ހަނިމާދޫ ކާމިޔާބުކުރީ 13-25 އިންނެވެ. ދެވަނަ ސެޓް ކާމިޔާބުކުރީ 06-25 އިންނެވެ. 3 ވަނަ ސެޓް ކާމިޔާބުކުރީ 18-25 އިންނެވެ. އިއްޔެގެ މެޗްގައި ކްއީން އޮފްދަ […]

ފާއިތުވި 24 ގަޑިއިރު ސިފައިންނާއި ފުލުހުން - ޝުކުރު ހައްގު ބައެއް
Report

ފާއިތުވި 24 ގަޑިއިރު ސިފައިންނާއި ފުލުހުން - ޝުކުރު ހައްގު ބައެއް

އަލިފާނުގެ ބޮޑު ހާދިސާއެއް މާލޭގައި ހިނގީ އިއްޔެ އިރާކޮޅު 7:24 ހާއިރުއެވެ. މިއީ ރާއްޖޭގައި މިވީހާތަނަށް ހިނގާފައިވާ އެންމެ ނުރަސްކާތެރި ހާދިސާއެވެ. މި ހާދިސާ ހިނގިވަގުތު ދިވެހި ސިފައިންގެ މަސައްކަތަށް އެތައްބަޔެއްގެ ތައުރީފު އޮހިގެން ދިޔައެވެ. ފުރާނަ އަތްމައްޗަށްލައިގެން އެތައްބަޔެއްގެ ފުރާނަ ސަލާމަތް ކޮށްދިނީ ސާބިތުކަމާއި އެކުއެވެ. ހާލުގައި ޖެހުނު ފަރާތްތަކާއި އެހީ ފޯރުކޮށްދިނުމުގައި ސިފައިންނާއި ފުލުހުންގެ ދައުރު ވަރަށްވެސް ބޮޑެވެ. މާލޭގައި ބޮޑު އަލިފާނުގެ ހާދިސާ ހިނގައިގެން ފުލުހުންނާއި ސިފައ...

Raajje

އިތުރަށް ތޮއްޖެއްސުމަކުން މާލޭގެ ތޮއްޖެހުން ހައްލެއް ނުވާނެ: އަލީ ހުސައިން

އިތުރަށް ތޮއްޖެއްސުމަކުން މާލޭގެ ތޮއްޖެހުން ހައްލެއް ނުވާނެކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. ފުރަތަމަ ވިލިންގިލި، ދެން ހުޅުމާލެ، ދެން އައީ ގުޅީ ފަޅު، އަނެއްކާ އައީ ހުޅުމާލެ 2، އޭގެ ފަހުން މާލެ ހުޅުމާލެ ބުރިޖު. މީން އެއްވެސް ކަމަކުން ހައްލު ނުލިބުނީމަ އަނެއްކާވެސް އިވެމުން މިދަނީ އިތުރު 3 ބުރިޖުގެ ވާހަކަ. އިތުރަށް ތޮއްޖެއްސުމަކުން މާލެގެ ތޮއްޖެހުން ހައްލެއް ނުވާނެ. ރޭކުރެއްވި ޓުވީޓެއްގައި އަލީ ހުސައިން ބުނެފައިވެއެވެ. ވެރިކަންކުރާ މާލެ ތަރައްގީކޮށް ހުރިހާ […]

Raajje

ޝައުނާގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ތ. ބުރުނީ ފެންފިޔާޒުގޭ އުމުރުން  46 އަހަރުގެ ޝައުނާގެ ހަށިގަނޑު ފެނިފައިވަނީ ވަރަށް ބޮޑަށް ފިހިފައިވަނިކޮށް އޭނާ ދިރިއުޅޭ އެޕާޓްމެންޓުގެ ތެރެއިންނެވެ. ޝައުނާގެ ކަށުނަމާދު ކުރުމަށް މިއަދު ހަމަޖެހިފައިވާއިރު އޭނާގެ މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އާއިލާގެ މެމްބަރުންނަށެވެ. ނަމަވެސް މައްޔިތާއަށް ޒިޔާރަތްކުރުން10:30 އިންފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް...

Report

މިނިމަމް ވޭޖް އާއި އިންކަމް ޓެކްސް: ރައީސްގެ އުންމީދީ ޖަވާބުތަކެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރެއްވުމުގައި މިނިމަމް ވޭޖް އާއި އިންކަމް ޓެކްސް އާއި ބެހޭގޮތުންވަނީ އުންމީދީ ވާހަކަފުޅުތަތެއް ދައްކަވާފައެވެ. އިންކަމް ޓެކްސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިއްޔެ ވިދާޅުވީ މަޖިލީހުގެ ދެވަނަ ދައުރު އިންކަމް ޓެކްސްއާ ގުޅޭ ބިލު މަޖިލީހަށް ހުށަހަޅައި، ހަމަ އެ ދައުރުގައި ބިލުގެ މަސައްކަތް ނިންމާނެ ކަމަށެވެ. އިންކަމް ޓެކްސް ޤާނޫނުގެ ޑްރާފްޓް މިހާރު ނިމިފައިވާ ކަމަށާއި ކަމާބެހޭ ފަރާތްތަކާ އެކުގައި މަޝ...

ނޭވާ ވޯލްޑް ރެކޯޑު: ފީނާ ކުދިން ހޯދަނީ، ތައްޔާރުތޯ؟
Raajje

ނޭވާ ވޯލްޑް ރެކޯޑު: ފީނާ ކުދިން ހޯދަނީ، ތައްޔާރުތޯ؟

އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނުމުގެ ދުނިޔޭގެ ރެކޯޑު ހެދުން އޮންނާނީ އަންނަ މަހުގެ އެއްވަަނަ ދުވަހު ބަރޮސް އައިލެންޑް ރިސޯޓުގެ ފަޅު ތެރޭގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ނޭވާ ވޯލްޑް ރެކޯޑު އިވެންޓުގައި ބައިވެރި ވާން ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން  ޖެހެއެވެ. މި އިވެންޓުގައި ބައިވެރިވޭނީ ހާއްސަ 5 ޝަތުރުތެއް ހުންނަ މީހުންނަށްކަމަށް […]

Sports

ދިރާގު ރޯޑް ރޭސް އަންނަ ހުކުރުދުވަހު

ދިރާގުގެ ފަރާތުން ބާއްވަމުން ގެންދާ ދިރާގު ރޯޑް ރޭސްގެ މިއަހަރުގެ ދުވުން އަންްނަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިފަހަރުގެ ރޯޑް ރޭސް ކުރިއަށްދަނީ އެހެނިހެން އަހަރުތަކާއި ޚިލާފަށް ދެ ދުރުމިނުގެ ދުވުން ވަކިންނެވެ. އެގޮތުން 10 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައިއެވެ. އަދި 5 ކިލޯމީޓަރގެ ދުވުން އޮންނާނީ ހަވީރު 4:30 ގައެވެ. މި ރޯޑް ރޭހުގައި އެހެނިހެން އަހަރުތަކަކޭވެސް އެއްފަދައިން ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ. މިއީ […]

Raajje

ނިއުޔޯކް ކޮންވެންޝަނުގައި ސޮއި ކުރުމަކީ ތާރީޙީ ކަމެއް: ބަންޑާރަ ނައިބު

ނިއުޔޯކް ކޮންވެންޝަނުގައި ސޮއި ކުރުމަކީ ތާރީޙީ ކަމެއް ކަމަށާއި އެކަމުން ދައްކުވައިދެނީ ރާއްޖެއިން ބޭރުގެ އިންވެސްޓުމެންޓުތަކަށް ރާއްޖޭގެ ވިޔަފާރި މާހައުލު ފަހިކުރުމަށް ދެއްވާ އަހަމިއްޔަތުކަން ދައްކުވައިދޭކަމެއްކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ. ބަންޑާރަ ނައިބް މިހެންވިދާޅުވީ ކޮންވެންޝަން އޮން ދި ރިކޮގްނިޝަން އެންޑް އެންފޯސްމެންޓް އޮފް ފޮރިން އާބިޓްރަލް އެވާޑްސް، ނޫނީ އާންމު ނަމުން ނަމަ ނިއުޔޯކު ކޮންވެންޝަންގައި ދިވެހިރާއްޖެއިން ސޮއިކުރުމަށްފަހު ކުރެއްވި ޓުވިޓެއްގައެވެ....

ހިންދީ ދީނުގެ ”އޯނަމް“ ބޭއްވި ކަމަށް ބުނާ މައްސަލަ ބަލަންފަށައިފި
Thiladhunmathi News

ހިންދީ ދީނުގެ ”އޯނަމް“ ބޭއްވި ކަމަށް ބުނާ މައްސަލަ ބަލަންފަށައިފި

ކުޅުދުއްފުށީ ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ އިސްލާމިކް މިނިސްޓްރީއިން  ބަލަންފަށައިފި އެވެ. “ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަންފަށައިފި.” އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ. މިދިޔަ ހުކުރު ދުވަހު، ހދ.ކުޅުދުއްފުށީގެ އަމީރު އަމީން ސްކޫލްގައި އިންޑިއާގެ ޓީޗަރުންތަކެއް އިސް ނަގައިގެން ގެންދިޔަ ގެޓް ޓުގެދާއެއްގެ ފޮޓޯތަކެ...

Raajje

ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ބާރަށް ފެތުރެނީ، ސަމާލުވޭ!

ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ވަރަށް ބާރަށް ފެތުރޭކަމަށް ތަޖުރިބާކާރު ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ. އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން އެއްގެ މަޤާމުގައި ހުންނަވާ ޑރ.ފައިސަލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. “އަތާއި ފަޔާއި އަނގާގެ ބިހިތައް ބާރަށް އެބަފެތުރޭ ޢަލާމާތްތައް ފެނިއްޖެނަމަ އިސްކޫލަށް ނުފޮނުވާ. ގިނަކުދިން ކުޅޭއެއްޗެހިތައް، ދޮރުގެ އަތްގަނޑުތައްކަހަލަ ގިނައިން އަތް ޖެހޭތަންތަން ރަނގަޅަށް ސާފުކުރައްވާ” ފައިސަލްގެ ޓުވީޓުގައި ވިދާޅު...

އޮންލައިން ވިޔަފާރިކުރާ މީހުންނަށް: 29 ޤައުމެއްގެ ޝިޕިންގް އެޑްރެސް ނާލު އެކްސްޕްރެސްއިން!
Business

އޮންލައިން ވިޔަފާރިކުރާ މީހުންނަށް: 29 ޤައުމެއްގެ ޝިޕިންގް އެޑްރެސް ނާލު އެކްސްޕްރެސްއިން!

އޮންލައިން ވިފާރިކުރާ މީހުންނަށް “ނާލު އެކްސްޕްރެސް”އިން މިވަނީ އުފާވެރި ޚަބަރެއް ގެނެސްދީފައެވެ. 29 ޤައުމެއްގެ ޝިޕިންގް އެޑްރެސް ނާލު އެކްސްޕްރެސްއިން މިހާރު ލިބޭނެއެވެ. މިއީ ބައިނަލްއަގްވާމީ ޝިިޕިންގ ސާރވިސްއެއް ކަމުގައިވާ ޝޮޕް އެންޑް ޝިޕްއާއި ގުޅިގެން “ނާލު އެކްސްޕްރެސް” ފަރާތުން ފޯރުކޮށްދޭ ޚިދުމަތެކެވެ. އެގޮތުން މި ޚިދުމަތުގެ ދަށުން އެމެރިކާ، އިނގިރޭސިވިލާތް އަދި ކޮރެޔާ ފަދަ 29ގަައުމެއްގެ އޮންލައިން ސްޓޯރުތަކުން ކަސްޓަމަރުންނަށް ގަންނަން ލިބޭ މުދާތައް ރާއްޖޭއާ ހަމައަށް ޝިޕްކޮށްދޭނެއެވެ. މި ޚ...

News

ހަނިމާދޫ - ކޮޗިން ދަތުރުތައް އިންޑިޔާގައި އިފްތިތާހު ކޮށްފި

ގައުމީ އެއާރ ލައިން މޯލްޑިވިއަން އިން ހދ. ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް އިފްތިތާހުކުރައްވައިފި އެވެ. އިންޑިޔާގެ ކޮޗިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިޔާއިން ކޮޗިންއަށް ދަތުރުފެށުން އިފްތިތާހުކުރައްވާ ވާހަކަ ދައްކަވަމުން އައިލަންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އަންނަ މަހުގެ އަށާވީހުގައި ދަތުރު ފަށާނެކަމަށެވެ. އަދި އަލަށް ފަށާ މި ރޫޓާއެކު ފަތުރުވެރިކަން ކުރިއެރުވުމުގައި މޯލްޑިވިއަންގެ ރޯލް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. މޯލްޑިވިއަނ...

Raajje

އައްޑޫ ތަރައްގީގެ މަޝްރޫއަށް އަބޫދާބީ ފަންޑުން ޝައުގުވެރިވެއްޖެ

އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއަށް ފަންޑުކުރުމަށް އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހޮނިހިރު ދުވަހުގެ ރޭ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށްފަހު، މިއަދު ވަނީ ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެންފައެވެ. ޔޫއޭއީގައި ޝާހިދު ވަނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއި ބައްދަލު ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި...