މިނިމަމް ވޭޖް އާއި އިންކަމް ޓެކްސް: ރައީސްގެ އުންމީދީ ޖަވާބުތަކެއް

FFA402E1-15FA-4377-8404-F735E7494F60

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރެއްވުމުގައި މިނިމަމް ވޭޖް އާއި އިންކަމް ޓެކްސް އާއި ބެހޭގޮތުންވަނީ އުންމީދީ ވާހަކަފުޅުތަތެއް ދައްކަވާފައެވެ.

އިންކަމް ޓެކްސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިއްޔެ ވިދާޅުވީ މަޖިލީހުގެ ދެވަނަ ދައުރު އިންކަމް ޓެކްސްއާ ގުޅޭ ބިލު މަޖިލީހަށް ހުށަހަޅައި، ހަމަ އެ ދައުރުގައި ބިލުގެ މަސައްކަތް ނިންމާނެ ކަމަށެވެ.

އިންކަމް ޓެކްސް ޤާނޫނުގެ ޑްރާފްޓް މިހާރު ނިމިފައިވާ ކަމަށާއި ކަމާބެހޭ ފަރާތްތަކާ އެކުގައި މަޝްވަރާ ކުރުމަށްފަހުގައި، ކުރިއަށް އޮތް ދައުރަށް އިންކަމް ޓެކްސް ބިލު ހުށަހެޅިގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެގޮތުން އިންކަމް ޓެކްސްގެ ބިލު މިއަހަރުތެރޭ ފާސްވުމުން އަންނަ އަހަރު އެ ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ ފެބްރުއަރީ މަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އެ މަސް ނިމުމުގެ ކުރިން މަޖިލީހަށް އިންކަމް ޓެކްސްގެ ބިލު ފޮނުވާނެ ކަމަށް މާކުރިން ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިމުނުއިރުވެސް އެ ބިލު މަޖިލީހަކަށް ނުފޮނުވެއެވެ.

އިންކަމް ޓެކްސް ނަގަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

މިނިމަމް ވޭޖް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިއްޔެ ވިދާޅުވީ މަޖިލީހުގެ ދެވަނަ ދައުރު މިނިމަމް ވޭޖްއާއި ގުޅޭ ބިލު މަޖިލީހަށް ހުށަހަޅައި، ހަމަ އެ ދައުރުގައި ބިލުގެ މަސައްކަތް ނިންމާނެ ކަމަށެވެ.

"ހަމަ އެގޮތަށް، މިނިމަމް ވޭޖްގެ ބިލު، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅައި ފާސްކުރާނަން"

ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު އަމާޒަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުން ކަމަށް މިނިމަމް ވޭޖް ބޯޑުން ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ބައެއް މެމްބަރުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފައެެވެ. ސަބަބަކީ އަންނަ އަހަރުގެ ބަޖެޓު ނޮވެމްބަރު މަސްތެރޭ އެންމެ ލަސްވެގެން ފާސްކުރަން ޖެހޭއިރު ޑިސެމްބަރު މަހު އެކަމާއި ގުޅޭ ލަފާ މިނިސްޓަރަށް އަރުވާނަމަ، އަންނަ އަހަރުގެ ބަޖެޓު ފާސް ކުރާއިރު އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ނުހިމެނޭނެތީއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ވައުދު ފުރިހަމަ ކުރުމުގެ ގޮތުން އެމްޑީޕީން އެޖެންޑާ 19 މެނިފެސްޓޯގައި ހާއްސަ ދާއިރާ ތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި