ކުޅުދުއްފުށީ ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ އިސްލާމިކް މިނިސްޓްރީއިން ބަލަންފަށައިފި އެވެ.
"ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަންފަށައިފި." އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
ކުޅުދުއްފުށީ ކައުންސިލުން ހިންގަމުން އަންނަ ޕްލޭސްކޫލު، އަމީރު އަމީން ސްކޫލުގެ ގޯތިތެރޭގައި، އިންޑިޔާގެ ކެރެލާގައި ފާހަގަކުރާ ދީނީ އިހުތިފާލެއްކަމުގައިވާ ”އޯނަމް“ ފާހަގަކުރިކަމަށް، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަލީ އާދަމް ވިދާޅުވި ވިދާޅުވުން ކުޅުދުއްފުށީ ކައުންސިލުން ވަނީ ދޮގުކޮށްފައެވެ.
އެކައުންސިލުގެ ފަސް މެންބަރުން ސޮއިކުރައްވާ މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ދީނާ ޚިލާފު އެއްވެސް ކަމެއް އަމީރު އަމީން ސްކޫލުގައި ހިނގާފައި ނުވާކަމަށެވެ. އަދި ސްކޫލާ ބެހޭގޮތުން އެކި ފަރާތްތަކުން މީޑިޔާގައި ދައްކަމުންދަނީ ތެދު އެކުލެވޭ ވާހަކަތަކެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. އަދި މިފަދަ ވާހަކަތައް މީޑިޔާގައި ހިއްސާކުރުމުގެ ކުރިން ކަމުގެ ތެދު ދޮގު ބެލުމަށްވެސް އެދިފައިވެއެވެ.
އެކައުންސިލުގެ ފަސް މެންބަރުން ސޮއިކުރައްވާ އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ދީނާ ޚިލާފު އެއްވެސް ކަމެއް އަމީރު އަމީން ސްކޫލުގައި ހިނގާފައި ނުވާކަމަށެވެ. އަދި ސްކޫލާ ބެހޭގޮތުން އެކި ފަރާތްތަކުން މީޑިޔާގައި ދައްކަމުންދަނީ ތެދު އެކުލެވޭ ވާހަކަތަކެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.
ހަމައެހެންމެ، މިފަދަ ވާހަކަތައް މީޑިޔާގައި ހިއްސާކުރުމުގެ ކުރިން ކަމުގެ ތެދު ދޮގު ބެލުމަށްވެސް އެކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!