އޮންލައިން ވިފާރިކުރާ މީހުންނަށް "ނާލު އެކްސްޕްރެސް"އިން މިވަނީ އުފާވެރި ޚަބަރެއް ގެނެސްދީފައެވެ. 29 ޤައުމެއްގެ ޝިޕިންގް އެޑްރެސް ނާލު އެކްސްޕްރެސްއިން މިހާރު ލިބޭނެއެވެ.

މިއީ ބައިނަލްއަގްވާމީ ޝިިޕިންގ ސާރވިސްއެއް ކަމުގައިވާ ޝޮޕް އެންޑް ޝިޕްއާއި ގުޅިގެން "ނާލު އެކްސްޕްރެސް" ފަރާތުން ފޯރުކޮށްދޭ ޚިދުމަތެކެވެ. އެގޮތުން މި ޚިދުމަތުގެ ދަށުން އެމެރިކާ، އިނގިރޭސިވިލާތް އަދި ކޮރެޔާ ފަދަ 29ގަައުމެއްގެ އޮންލައިން ސްޓޯރުތަކުން ކަސްޓަމަރުންނަށް ގަންނަން ލިބޭ މުދާތައް ރާއްޖޭއާ ހަމައަށް ޝިޕްކޮށްދޭނެއެވެ.

Ad
rt

މި ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން "ނާލު އެކްސްޕްރެސް" ގެ ވެބްސައިޓް ނާލު.އެމްވީއަށް ވަދެ، މެންބަރެއްގެ ގޮތުގައި ރަޖިސްޓަރވާންޖެހެއެވެ. އޭރުން އެފަރާތްތަކަށް ޝޮޕް އެންޑް ޝިޕްގެ 29 ޤައުމުގެ ޝިޕިންގް އެޑްރެސް ލިބިގެންދާނެއެވެ. އެއަށްފަހު ބޭނުންވާ އޮންލައިން ސްޓޯރުތަކުން ޕްރޮޑަކްޓެއް ގަތުމަށްފަހު އެންމެ ކައިރީގައިވާ ޝޮޕް އެންޑް ޝިޕްގެ އައުޓްލެޓަށް ނުވަަތަ އެޑްރެސްއަށް ޑެލިވަރކުރުމަށް ޖަހާލަންވީއެވެ.

“ނާލު އެކްސްޕްރެސް”އަކީ ރާއްޖޭގެ ކުންފުންޏެއްކަމުގައިވާ އީ-ލޮޖިކްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ އޮންލައިން ޝިޕިންގ ޕްލެޓްފޯމެކެވެ.