މިފަހަރުގެ ރޯޑް ރޭސް ކުރިއަށްދަނީ އެހެނިހެން އަހަރުތަކާއި ޚިލާފަށް ދެ ދުރުމިނުގެ ދުވުން ވަކިންނެވެ. އެގޮތުން 10 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައިއެވެ. އަދި 5 ކިލޯމީޓަރގެ ދުވުން އޮންނާނީ ހަވީރު 4:30 ގައެވެ.
މި ރޯޑް ރޭހުގައި އެހެނިހެން އަހަރުތަކަކޭވެސް އެއްފަދައިން ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.
މިއީ 2007 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރޭހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!