ގައުމީ އެއާރ ލައިން މޯލްޑިވިއަން އިން ހދ. ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް އިފްތިތާހުކުރައްވައިފި އެވެ.

އިންޑިޔާގެ ކޮޗިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިޔާއިން ކޮޗިންއަށް ދަތުރުފެށުން އިފްތިތާހުކުރައްވާ ވާހަކަ ދައްކަވަމުން އައިލަންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އަންނަ މަހުގެ އަށާވީހުގައި ދަތުރު ފަށާނެކަމަށެވެ. އަދި އަލަށް ފަށާ މި ރޫޓާއެކު ފަތުރުވެރިކަން ކުރިއެރުވުމުގައި މޯލްޑިވިއަންގެ ރޯލް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. މޯލްޑިވިއަންއިން އިންޑިޔާގެ ކޮޗިންއަށް ހަފްތާއަކު ތިން ދުވަހު ދަތުރުކުރާގޮތަށް ހަމަޖެހިފައިވެއެވެ.

Ad
rt

"އަޅުގަނޑު ބޭނުން އިންޑިޔާގެ ފަތުރުވެރިން ރާއްޖެއައިސް ރީތި ދޮންވެލި ގޮނޑުދޮށާއި، ވިލުނޫކުލައިގެ މޫދާއި، މި ހޫނުކަން އިޙްސާސްކުރަން. މޯލްޑިވިއަންގެ ދަތުރުތައް ފެށުމާއެކު ދަތުރުގެ ފަސޭހަކަންލިބި އަތްފޯރާ ފަށުގައި ފަތުރުވެރިންނަށް ދިވެހިރާއްޖެ ބަލާލެވޭނެ"

ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި ވެލާނާ އެއާޕޯޓުން ކޮޗިންއަށް ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 150 ޑޮލަރު (2,313 ރުފިޔާ) އަށެވެ. ތިލަދުންމަތީގެ ހަނިމާދޫ އެއާޕޯޓުން ކޮޗިންއަށް ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 199 ޑޮލަރު (3,068.58 ރުފިޔާ) އަށެވެ. 49 ޑޮލަރުގެ (755.58 ރުފިޔާ) ތަފާތެކެވެ.

ކޮޗިންގެ އިތުރުން އިންޑިޔާ ޓްރިވެންޓްރަމަށާއި ޗެއްނާއީއަށް މިހާރުވެސް މޯލްޑިވިއަންއިން ދަތުރުކުރެއެވެ.