ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ބާރަށް ފެތުރެނީ، ސަމާލުވޭ!

DjkTsUhUcAAj2I2

ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ވަރަށް ބާރަށް ފެތުރޭކަމަށް ތަޖުރިބާކާރު ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން އެއްގެ މަޤާމުގައި ހުންނަވާ ޑރ.ފައިސަލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

"އަތާއި ފަޔާއި އަނގާގެ ބިހިތައް ބާރަށް އެބަފެތުރޭ ޢަލާމާތްތައް ފެނިއްޖެނަމަ އިސްކޫލަށް ނުފޮނުވާ. ގިނަކުދިން ކުޅޭއެއްޗެހިތައް، ދޮރުގެ އަތްގަނޑުތައްކަހަލަ ގިނައިން އަތް ޖެހޭތަންތަން ރަނގަޅަށް ސާފުކުރައްވާ"

ފައިސަލްގެ ޓުވީޓުގައި ވިދާޅުވިއެވެ.

ހޭންޑް ފޫޓް އެންޑް މައުތު ބައްޔަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުދިންގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގައި ނަގާފޮޅުން ނުކުންނަ ދިޔައިން އެއް ކުއްޖެއްގެ ގައިން އަނެއް ކުއްޖާގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެކެވެ. އެ ބަލި ޖެހުމުން އެންމެ ފުރަތަމަ ވެސް ފެންނަން ފަށާނެ އަލާމާތްތަކަކީ ހުން އައުމާއި ކާހިތްނުވުމާއި ވަރުބަލިވުން އަދި ގައިގައި ރިއްސާ ކަރުތެރެ ފާރުވުން ފަދަ އަލާމާތްތަކެވެ. އެ ބަލި އާންމުކޮށް ޖެހެނީ ދިހަ އަހަރުން ދަށުގެ ކުދިންނަށެވެ.

މިދިޔަ އަހަރުގެ ވެސް ހަމަ މިދުވަސްކޮޅު މިބަލި ފެތުރުނުކަން ފާހަގަކުރެވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *