Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,664 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އާންމުކޮށްފި
Raajje

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އާންމުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ ދާއިމީ ލިސްޓު އެ ޕާޓީން މިއަދު އާންމުކޮށްފިއެވެ. އެމްޑީޕީން ބުނި ގޮތުގައި، 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށުގެ ތަފްސީލާ އެކުގައެވެ. މިއީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް...

ފަތުރުވެރިން އަންނަ މިންވަރު 2.6 އިންސައްތަ މައްޗަށް
Raajje

ފަތުރުވެރިން އަންނަ މިންވަރު 2.6 އިންސައްތަ މައްޗަށް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވުމަށްފަހު، މި މަހުގެ ތެރޭގައި އެ އަދަދު 2.6 އިންސައްތަ މައްޗަށް ޖެހިލާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް ޖުމްލަ 122,548 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއާއެކު މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,286 ފަތުރުވެރިން ޒިޔާރ...

ފުވައްމުލަކުގައި ހިންގާ ޑްތަގް ކެފޭއެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
Raajje

ފުވައްމުލަކުގައި ހިންގާ ޑްތަގް ކެފޭއެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، އެ ސިޓީގެ ގެއެއްގެ ބައެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި އަމުރު ނެރެފައިވަނީ ޏ. ފުވައްމުލައް، ފުނާޑު. ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބައި ބަންދުކުރުމަށެވެ. އެ ތަނަކީ މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، އަދި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދު...

''މުދަލަކީ އެހެންމީހުންގެ ޙައްޤުތައްވެސް އެކުލެވޭ ﷲގެ އަމަނާތެއް''
Column

''މުދަލަކީ އެހެންމީހުންގެ ޙައްޤުތައްވެސް އެކުލެވޭ ﷲގެ އަމަނާތެއް''

މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އޭގައި އެހެން މީހުންގެ ޙައްޤުތަކެއް ވެސް ﷲ سبحانه وتعالى ލައްވައިފައިވާފައިވާކަން މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. “ހޭދަކުރުމުގައި އިޤުތިޞާދުކުރުން” މި މައުޟޫއަށް ގެނެސްދިން ޚުޠުބާގައި ވަނީ މުދާ ހޯދުމާއި ހޭދަކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. ޚުޠުބާގައި ބުނެފައިވާ ގޮތުގައި މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއ...

ޢީދު ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން ހަނދާންކުރަންވާނެ: ޝަހީމް
Raajje

ޢީދު ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން ހަނދާންކުރަންވާނެ: ޝަހީމް

ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި އުޞޫލުތަކާ ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، ޢަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް މާތްﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށެވެ. އަދި ޙައްޖުގެ އަޅުކަމާ ގުޅިގެން ޙައްޖުވެރިން ތަލްބިޔާ ކިޔައި، ﷲ އެއްކައުވަންތަކޮށް އެކަލާނގެ ޝިޢާރުތައް...

ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެން ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ
Raajje

ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެން ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ހުޅުމާލޭގައި ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ނިރޮޅުމަގު ހަތްތަރި މާޓް ކައިރިންނެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މެއި 28 ވަނަ ދުވަހުގެ ރޭ 22:21 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުގައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވ...

ނާޒިމްގެ އިތުބާރުގެ މައްސަލަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި
Parliament

ނާޒިމްގެ އިތުބާރުގެ މައްސަލަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް އޭނާގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ އަންނަ އާދީއްތަ ދުވަހަށް ތާވާލުކޮށްފިއެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ދުރުކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކުރީ މެއި 13 ވަނަ ދުވަހުއެވެ. އަދި އެދުވަހު ވަނީ އެ މައްސަލަ ވެއްދުމުގެ ގަރާރަށް ބޭނުންވާ ސޮއިވެސް ހަމަކޮށްފައެވެ. އެއަށްފަހު ޖެހިގެން އައި މެއި...

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
Raajje

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

‏މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ.ކާނިމާގެ، 4ވަނަ ފަންގިފިލާގައެވެ. މި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްްއިން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުންޏެވެ. ހަވީރު 16:50 ހާއިރު މި ހާދިސާ ހިނގައިގެން އެކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ވަނީ 17:27 ހާއިރު އެ އަ...

'ވިޒިޓް ފޯކައިދޫ' އިފްތިތާހުކުރުމަށް އިންޑިއާގެ ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް
Thiladhunmathi News

'ވިޒިޓް ފޯކައިދޫ' އިފްތިތާހުކުރުމަށް އިންޑިއާގެ ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް

ށ. ފޯކައިދޫގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ‘ވިޒިޓް ފޯކައިދޫ’ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިއެއްގެ ގޮތުގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް ޒިޔާރަތްކޮށްފިއެވެ. ވިޒިޓް ފޯކައިދޫ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މި ރަސްމިއްޔާތު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދެވެ. ވިބޫތީ ޝަރުމާ ފޯކައިދޫ އަށް އައުމުން ދިވެހި ވަންތަ ހޫނު ނަރުޙަބާއެއް ކިޔާފައިވާއިރު، އޭނާ އަށް ފޯކައިދޫން ފުރަތަމަ މަރުޙަބާ ކިޔާފައި ވ...

ނޭޕާލާއި އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒުގެ ތަހުނިޔާ
Raajje

ނޭޕާލާއި އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒުގެ ތަހުނިޔާ

ނޭޕާލާއި އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުތަކުގެ ވެރިންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގެ ރައީސް އިލްހާމް ހައިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު ޢަލީ ހިދާޔަތު އޮގްލޫ އަސަދޮވް އަށް ވަކިވަކިން ސިޓީފުޅު ފޮނުއްވާފައެވެ. ރައީސް އަލިޔެވް އަށް ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ދެމ...

ޔޫރަޕްގެ އެންމެ ނުރައްކާތެރި އެއް އަންހެންމީހާގެ މައްޗަށް 13 އަހަރުގެ ހުކުމެއް
International

ޔޫރަޕްގެ އެންމެ ނުރައްކާތެރި އެއް އަންހެންމީހާގެ މައްޗަށް 13 އަހަރުގެ ހުކުމެއް

ޔޫރަޕްގައި އެންމެ ބޮޑަށް ހޯދަމުންދިޔަ އެންމެ ނުރައްކާތެރި އަންހެނުންގެ ތެރޭގައި ހިމެނޭ، ޖަރުމަނުގެ ވާތުފިޔައިގެ ހަނގުރާމަވެރި ގްރޫޕެއްގެ ކުރީގެ މެންބަރެއް ކަމަށްވާ ޑެނިއެލާ ކްލެޓޭ 13 އަހަރަށް ޖަލަށް ލުމަށް ޖަރުމަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. އުމުރުން 67 އަހަރުގެ ކްލެޓޭގެ މައްޗަށް މި ހުކުމް އައީ ފިލައިގެން އުޅުނު ދުވަސްވަރު ހިންގާފައިވާ އެކި ކުށްތަކާ ގުޅިގެންނެވެ. ލޯވަރ ސެކްސަނީގެ ވާޑަން ސަރަހައްދީ ކޯޓުން ކްލެޓޭ ކުށްވެރިވާ ކަމަށް ނިންމާފައިވަނީ 1999 އާއި 2016 އާ ދެމެދު ހިންގާފައިވާ […]

ޑްރަގް އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގް އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް އެޕާޓްމަންޓެއް ބަލާފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މުތީހައުސް، އަޙްމަދު ޖިނާޙު (43އ) އާއި، ހއ. ހޯރަފުށި، ސައިމާގެ، އަޙްމަދު ސަޢީދު (28އ) އާއި، ގދ. މަޑަވެލި، ހައުސްޓަން، މުޙައްމަދު އަނޫފް ޢަލީ (27އ) ގެ އިތުރުން ގދ. ހ...

ޑްރޯނެއް ބޭނުންކޮށްގެން ޖަލަށް އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގަނެފި
Raajje

ޑްރޯނެއް ބޭނުންކޮށްގެން ޖަލަށް އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގަނެފި

ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް އެތެރެކުރަން މަސްތުވާތަކެތި އަތުލައިގެންފިއެވެ. މިތަކެތި އަތުލައިގަތީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުގެ ރޭ މެންދަމު 12:45 އެހައިކަންހާއިރުއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސ...

ރައީސް، އިސްލާމީ ޤައުމުތަކާއި އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ޢީދު ތަހުނިޔާ ފޮނުއްވައިފި
Raajje

ރައީސް، އިސްލާމީ ޤައުމުތަކާއި އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ޢީދު ތަހުނިޔާ ފޮނުއްވައިފި

1447 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ އިސްވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ޢީދު ތަހުނިޔާ ފޮނުއްވައި ރައީސް ފޮނުއްވި މެސެޖުތަކުގައި، އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ އެމަނިކުފާނާ އެކު...

ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ ހަނދާންކޮށް، އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމަށް ގޮވާލައިފި
Column

ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ ހަނދާންކޮށް، އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމަށް ގޮވާލައިފި

އަޅުގަނޑުމެން އަމާންވެއްޓެއްގައި އުފަލާއެކު ޢީދު ފާހަގަކުރަމުންދާއިރު، އިސްލާމީ އުންމަތުގެ އެތައް ބަޔަކު ނުހަނު ނިކަމެތި ހާލުގައި ތިބިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ބޭއްވި ބޮޑު ޖަމާޢަތުގެ ޢީދު ނަމާދަށްފަހު ދިން ޚުޠުބާގައި ބުނީ، ޢީދަކީ މުޅި އިސްލާމީ އުންމަތް އެކަމުގެ އުފަލުގައި ބައިވެރިވާންޖެހޭ ދުވަހެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކިއެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް އަޚުންނާއި އުޚުތުންނަށް ޢ...