Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,624 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ސަމާލުވޭ! މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓް، އުތުރާއި ދެކުނަށް ވައިޓް އެލާޓް
Thiladhunmathi News

ސަމާލުވޭ! މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓް، އުތުރާއި ދެކުނަށް ވައިޓް އެލާޓް

ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކުރެވޭތީ މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް އަދި އުތުރާއި ދެކުނުގެ އަތޮޅު ތަކަށް ވައިޓް އެލާޓް ނެރެފިއެވެ. ބ އަތޮޅުން ވ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 16:30 އިން 19:30 އާއި ދެމެދުގެ ވަގުތުތަކަށެވެ. ވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން މ އަތޮޅަށް އަދި ގއ އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއަށް މިއަދު 13:00 އިން  18:00 އާއި ހަމައަށެވެ. Alert Yellow for Torrential rain and […]

Thiladhunmathi News

އެއްވެސް އުންމީދެއް ނެތް، ހދ ގެ ރީތި ރަށްތައް ވަނީ ރާއްޖޭގެ ނުފޫޒު ގަދަ މަހުޖަނުން ފޭރިގަނެފަ: އަލީ މުޙައްމަދު

ހދ ގެ ރީތި ރަށްތައް ވަނީ ރާއްޖޭގެ ނުފޫޒު ގަދަ މަހުޖަނުންގެ ބަޔަކު ފޭރިގަނެފައި ކަމުން އެއްވެސް އުންމީދެއް ނެތްކަމަށް ހދ. ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ މުޙައްމަދު ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމަށް މުޅިން އަލަށް ދޫކުރާ ބިންތަކާއި 29 ރަށް ސަރުކާރުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ އިއުލާނުކޮށްފައިވާއިރު އެ ލިސްޓްގައި ހިމެނެނީ ހދ އަތޮޅުގެ އެންމެ ތިން ރަށެވެ. ރޭގެ ހަފްލާއަށް އިޝާރާތްކުރައްވާ އަލީ މުޙައްމަދުގެ ފޭސްބުކްގައި ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. […]

ސްޕޯރޓްސް ކައުންސިލަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފި
Raajje

ސްޕޯރޓްސް ކައުންސިލަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފި

ކުށްމަދު އަމާން މާހައުލެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އަތޮޅުތެރޭގައި ސްޕޯރޓްސް ކައުންސިލަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދުމުގެ މަތިން މިއަދު، ހެންވޭރު ބޯޅަދަނޑުގައި ހުންނަ މޯލްޑިވްސް ނޭޝަ...

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މަޑުއްވަރީގައި ފަށައިފި
Raajje

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މަޑުއްވަރީގައި ފަށައިފި

ރ. މަޑުއްވަރީގެ ބައެއް ގެތަކަށް ފުލުހުން ވަދެ ބަލާ ފާސް ކުރަން ފަށައިފިއެވެ. ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގައި މަޑުއްވަރީގެ ބައެއް ގެތައް ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ތަފްސީލް މައުލޫމާތު ފަހުން ނެރޭ ނޫސް ބަޔާނަކުން ހާމަކުރައްވާނެ ކަމަށް ވެސް އިޒްމިއާ ވިދާޅުވި އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން މީގެ ކުރިން […]

އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް ނިންމައިފި
Raajje

އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް ނިންމައިފި

އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާ، އެކަން އިޢުލާނު ކުރައްވައިފިއެވެ. މި މާއްދާގެ ހ. ބުނާގޮތުން އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ ދަށުން ހުށައެޅޭ ޝަކުވާ ބަލައިގަނެވޭނީ އެ މައްސަލަ ރައްދުވާ ޤައުމަކީ ކޮންވެންޝަންގެ ބާވީސް ވަނަ މާއްދާ ބަލައިގަނެ އެކަން އިޢުލާނު ކޮށްފައިވާ ޤައުމަކަށްވެފައި، އެ މައްސަލަ ހުށަހަޅާ ފަރާތަކީ މައްސަލަ ރައްދުވާ ޤައުމެއްގެ އިޙްތިޞާސް ހިނގާ ސަރަޙައްދުގައި ހު...

އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ
Raajje

އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. މިގޮތަށް ކަނޑައެޅުއްވީ، ޒުވާނުންގެ ދުވަސް ފާހަގަކުރައްވާނެ ތާރީޚެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ. 22 އޮކްޓޫބަރަ...

އެކްސިޑެންޓުގައި އަނިޔާވި ވައިކަރަދޫ ދެމީހުން ޗާޓަރު ފްލައިޓެއްގައި މާލެ ގެނެސްފި
Thiladhunmathi News

އެކްސިޑެންޓުގައި އަނިޔާވި ވައިކަރަދޫ ދެމީހުން ޗާޓަރު ފްލައިޓެއްގައި މާލެ ގެނެސްފި

ހދ. ވައިކަރަދޫގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންވެސް އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ އިއްޔެ ވައިކަރަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު އަދިވެސް ހޭ ނާރާ ކަމަށެވެ. އަދި އަނެއް މީހާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އެކްސިޑެންޓާއި ގުޅިގެން އަނިޔާވި ދެ މީހުންވެސް މާލެ ގެނެސްފައިވަނީ އެމަޖެންސީގައި ޗާޓަރު ފްލައިޓެއްގަ އެވެ. ދެ ސައިކަލެއް ޖެހިގެން އިއްޔެ ހަވީރު ހިނގި އެކްސިޑެން...

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި
Raajje

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ މިއަހަރުގެ ޑިސެންބަރު މަހުގެ 04 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 75 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ބިލުގެ ދަށުން ފަރުދު...

އިންޑިއާގައި ރަށްވެހިކަމުގެ ޤާނޫނާއި ދެކޮޅަށްފެށި މުޒާހަރާތައް ބޮޑެތި ސަހަރުތަކަށް
International

އިންޑިއާގައި ރަށްވެހިކަމުގެ ޤާނޫނާއި ދެކޮޅަށްފެށި މުޒާހަރާތައް ބޮޑެތި ސަހަރުތަކަށް

އިންޑިއާގެ މުސްލިމުންގެ ހައްޤުތަކަށް އުނިކަން އަންނަ ގޮތަށް ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއެކު އިންޑިއާގައި ފެށި މުޒާހަރާތައް ހޫނުވެ އެކި ސަރަހައްދު ތަކަށް މުޒާހަރާ ފެތުރެމުން އެބަދެއެވެ. އިންޑިއާގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު އައްސާމުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ މިހާތަނަށް ފަސް މީހުން މަރުވެފައިވާ ކަމަށް އިންޑިއާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. މިހާތަނަށް ނުވަ ސްޓޭޓަކަށް މުޒާހަރާތައް ވަނީ ފެތުރިފައެވެ. މީގެ ތެރޭގައި ކޮލްކަޠާ، މުމްބާއީ، ޗެންނާއި، ހައިދަރްއާބާދު އަދި ވެރިކަން ކުރާ ނިއު...

ފިޔާ ގެނެސް އެސްޓީއޯއިން ވިއްކާ ފިޔާ ކިލޯއެއްގެ އަގު 40ރ. އަށް
Business

ފިޔާ ގެނެސް އެސްޓީއޯއިން ވިއްކާ ފިޔާ ކިލޯއެއްގެ އަގު 40ރ. އަށް

ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް ފިޔާގެ އާ ޝިޕްމަންޓެއް ގެނެސް، އެސްޓީއޯއިން ފިޔާ ކިލޯއެއް 40ރ. އަށް ވިއްކަން ފަށައިފި އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޔާގެ އަގު ބޮޑުވުމުގެ ސަބަބުން އެކަން ހައްލު ކުރުމަށް އިންޑިއާއިން ފިޔާގެ އާ ޝިޕްމަންޓެއް ގެނެސްފައިވާކަމަށާއި، އޭގެ ސަބަބުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. https://twitter.com/HusenAmr/status/1206561925892427783?s=20 އެސްޓީއޯއިން ބުނީ...

International

ޕާކިސްތާނުގެ ކުރީގެ ރައީސް މުޝައްރަފު މެރުމަށް ހުކުމްކޮށްފި

ހިޔާނާތުގެކުށް ސާބިތުވެ ޕާކިސްތާނުގެ ކުރީގެ ރައީސް، ޖެނެރަލް ޕަރްވޭޒް މުޝައްރަފު މެރުމަށް ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހުރި ހާއްސަ ކޯޓަކުން ހުކުމްކޮށްފިއެވެ. މުޝައްރަފްގެ ޣައިރު ހާޒިރުގައި މި ހުކުމް އިއްވާފައިވަނީ މުޝައްރަފްގެ މައްޗަށް އުފުލި ގައުމަށް ޣައްދާރުވި ކަމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. ހަ އަހަރު ދުވަހުގެ މުއްދަތަކަށް ދިގުދެމިގެންދިޔަ މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. މި ދައުވާ އޭނާގެ މައްޗަށް އުފުލީ 2007 ވަނަ އަހަރު ގާނޫނު އަސާސީގެ ބ...

ސަރުކާރުން ރިސޯޓުތަކާއި ކައުންސިލްތައް އެއް ގަލަކަށް އަރުވައިދޭނަން: އަލީ ވަހީދު
Raajje

ސަރުކާރުން ރިސޯޓުތަކާއި ކައުންސިލްތައް އެއް ގަލަކަށް އަރުވައިދޭނަން: އަލީ ވަހީދު

ސަރުކާރުން ރިސޯޓުތަކާއި ކައުންސިލްތައް އެއް ގަލަކަށް އަރުވައިދޭނެކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ކައުންސިލްތަކާއެކު، ކްރޮސްރޯޑް މޯލްޑިވްސްގައި މިހާރު ކުރި އަށް ގެންދާ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ ރަށްތަކުގެ މިލްކުވެރިންނަކީ ރައްޔިތުންކަމަށާއި އަޅުގަނޑުމެން ރަށްތައް މިތިބީ ލީސް ކޮށްގެންކަމަށާއި މި ރަށްތައް ނަގައިގެން ތިބި މީހުން ރަށްތަކާ ގާތް ގުޅުމެއް އުފައްދަން ބޭނުންވާކަމަށާއު ރަށްރަށާ ރިސޯޓުތަކާ ބައްދަލުކުރީމަ އައި ހިޔާލަކީ ސިޓީ އަކުން ގުޅ...

ދޮގު ހަބަރުތަކުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެއްވި ޓްވީޓްތަކުން ދެ ކިލޯ ހިއްކާލެވިއްޖެ: ޗައިނާ ސަފީރު
Raajje

ދޮގު ހަބަރުތަކުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެއްވި ޓްވީޓްތަކުން ދެ ކިލޯ ހިއްކާލެވިއްޖެ: ޗައިނާ ސަފީރު

ދޮގު ހަބަރުތަކުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެއްވި ޓްވީޓްތަކުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ދެ ކިލޯ ހިއްކާލެވިފައިވާ ކަމަށް ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ. ޗައިނާ ސަފީރު ޖަންގް ލިޖޮންގް މިހެން ވިދާޅުވީ ސަފީރުގެ ބަރުދަން އެނގޭނެހެން ކައްޓާއެއްގެ ފޮޓޯއާއެކު ކުރެއްވި ޓްވީޓެއްގައެވެ. ސަފީރުގެ ޓްވީޓްގައި މިފަހަރު ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެ ކިލޯ ހަށިގަނޑުން ހިކިފައިވާ ކަމަށާ އެކަމަށް ތައުރީފުކޮށް ބައެއް މީހުން އެކަމުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރަމުންދާ...

Thiladhunmathi News

ވައިކަރަދޫގައި އެކްސިޑެންޓުވި މީހާ ސިކުނޑިއަށް ލޭ އެޅި އިތުރު ފަރުވާއަށް މާލެ ފޮނުވަނީ

މިއަދު ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި  ހާލު ސީރިއަސްވި މުޙައްމަދު ޒާރިހު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެހުރި އަޙްމަދު ދާއޫދު ވިދާޅުވީ އެމީހާގެ ހާލު ސީރިއަސް ކަމާއި  ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި ސީޓީ ސްކޭން ހެދުމަށްފަހު މިހާރު އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ހާލު ސީރިއަސްވި 48 އަހަރުގެ މީހާ އަށް ފަރުވާ ދެމުންދަނީ...

ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ފުލުހުން ތަހުޤީގު ކުރަނީ
Thiladhunmathi News

ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ފުލުހުން ތަހުޤީގު ކުރަނީ

ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ތަހުޤީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިއަދު 19:01 ކަންހާ އިރު ވައިކަރަދޫގައި 2 ސައިކަލު ޖެހި އެކްސިޑެންޓް އެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މި މައްސަލައިގައި އެކްސިޑެންޓް ވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ދެ މީހުންގެ އަތުގައި ވެސް ލައިސަންސްއެއް ނެތްކަމަށް ފުލުހުންވަނީ ބުނެފައެވެ. މި އެކްސިޑެންޓް 48 އަހަރު މީހާގެ ބޯ ފަޅައިގެން ގ...