ސަރުކާރުން ރިސޯޓުތަކާއި ކައުންސިލްތައް އެއް ގަލަކަށް އަރުވައިދޭނެކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކާއެކު، ކްރޮސްރޯޑް މޯލްޑިވްސްގައި މިހާރު ކުރި އަށް ގެންދާ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ ރަށްތަކުގެ މިލްކުވެރިންނަކީ ރައްޔިތުންކަމަށާއި އަޅުގަނޑުމެން ރަށްތައް މިތިބީ ލީސް ކޮށްގެންކަމަށާއި މި ރަށްތައް ނަގައިގެން ތިބި މީހުން ރަށްތަކާ ގާތް ގުޅުމެއް އުފައްދަން ބޭނުންވާކަމަށާއު ރަށްރަށާ ރިސޯޓުތަކާ ބައްދަލުކުރީމަ އައި ހިޔާލަކީ ސިޓީ އަކުން ގުޅުމެއް ނޫފެދޭނެކަން، އެހެންވީމަ ސަރުކާރުން ރިސޯޓުތަކާއި ކައުންސިލްތައް އެއް ގަލަކަށް އަރުވައިދޭނެކަމަށް ވިދާޅުވިއެވެ.

Ad
rt

އަދި ކައުންސިލް ތަކަށް މި ލިބެނީ ބޮޑު ބާރެއްކަމަށާއި އަޅުގަނޑުގެ އެދުމަކީ ކައުންސިލްތަކާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުންކަމަށް ފާހަގަ ކުރިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އާ ރިސޯޓުތައް ހުޅުވާއިރު، ރިސޯޓަށް ބޭނުންވާ މުވައްޒަފުން އެ ރަށުގެ ކައިރީގައި ތަމްރީން ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އެގޮތުން މާދަމާ ރޭ އަލަށް ރިސޯޓު ހަދަން ރަށް ދޫކުރާއިރު، 12 އަތޮޅަކުން 8،000 އެނދު ތައާރަފު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މީގެތެރޭގައި އިސްކަން ދީފައިވާނީ ރާއްޖޭގެ އުތުރާއި ދެކުނަށް. ރައީސްގެ މެނިފެސްޓޯ އެމްޑީޕީގެ މެނިފެސްޓޯ އަށް. މިހާރު ވާނީ އެމްވަޔަރުމަންޓް އެސެސްމަންޓާއި ސޯޝިއޯ އެސެސްމަންޓް ވެސް ހަދާފަ،"

މިނިސްޓަރު ވިދާޅުވި އެވެ.