ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ތަހުޤީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު 19:01 ކަންހާ އިރު ވައިކަރަދޫގައި 2 ސައިކަލު ޖެހި އެކްސިޑެންޓް އެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

Ad
rt

މި މައްސަލައިގައި އެކްސިޑެންޓް ވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ދެ މީހުންގެ އަތުގައި ވެސް ލައިސަންސްއެއް ނެތްކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި އެކްސިޑެންޓް 48 އަހަރު މީހާގެ ބޯ ފަޅައިގެން ގޮސް ހާލު ސީރިއަސް ވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ދާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި މި އެކްސިޑެންޓުގައި ހިމެނޭ ދެވަނަ މީހާއަށް ވައިކަރަދޫ ސިއްހީ މަރުކަޒު ގައި ފަރުވާދެމުން ދާ ކަމަށް އަދި އޭނަގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނަ ވެސް އިތުރު ފަރުވާ އަށް ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ބުނެފައި ވެއެވެ.

މިއެކްސިޑެންޓުގައި ހާލު ސީރިއަސް ވެގެން އައިސީޔޫގައި ފަރުވާދެމުން ދަނީ ހދ. ވައިކަރަދޫ، ފެމޯރާގެ، މުހައްމަދު ޒާހިރު އެވެ.